ads
މިރޭގެ ކޭތަ ފުރިހަމަ ވާނީ 12:24 ގައި: ރައީސް މައުމޫން
މިރޭ ހިފާ ފަނޑު ހިޔަނީގެ ހަނދު ކޭތަ ރާއްޖެއަށް ފެންނާނެ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

ރައީސް މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ މިރޭ ހިފާ ފަނޑު ހިޔަނީގެ ހަނދު ކޭތަ ހިފަން ފަށާނީ ރާއްޖޭ ގަޑިން 10:45 ގައި ކަމަށެވެ.

ހަނދު ކޭތަ ފުރިހަމަ ވާނީ 12:24 ގައި ކަމަށާއި އަދި ވީއްލާނީ 02:04 ގައި ކަމަށް ރައީސް މައުމޫންގެ ޓްވީޓްގައި ވެއެވެ. 

މިރޭ ހަނދު ކޭތަ ނަމާދު ކުރާނެ ކަމަށް ވެސް އިސްލާމިކް މިނިސްޓްރީން ހާމަކޮށްފައިވެއެވެ. އެ މިނިސްޓްރީ އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ހުކުރު ދުވަހު ފަނޑުހިޔަނީގެ ހަނދުކޭތައެއް ހިފާނެ ކަމަށެވެ. އެ ހަނދުކޭތަ އެންމެ ބޮޑަށް ފެންނާނީ 22:45 އިން ފެށިގެން މެންދަމު 00:24 އާ ހަމައަށް ކަމަށް މިނިސްޓްރީން ބުނެ އެވެ. 

މިނިސްޓްރީ އިން ބުނީ މިއީ ފަނޑުހިޔަނީގެ ކޭތައެއް ކަމުން ކޭތަ ފާޅުވާނީ ވަރަށް ކުޑަކޮށް ކަމަށާއި އެ ކޭތައާ ގުޅިގެން ކޮންމެ ރަށެއްގައިވެސް ހުންނަ އެންމެ ބޮޑު މިސްކިތްތަކުގައި ހޮނިހިރު ވިލޭރޭގެ މެންދަމު 12:15 ގައި ކޭތަ ނަމާދުކުރުން އޮންނާނެ ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް