ads
އަހުމަދު އަޝްހަމް--
ވެންޓިލޭޓަރު އުފެއްދި އަޝްހަމްއަށް ފެނަކައިން ވަޒީފާގެ ފުރުސަތު ދީފި
ކޮވިޑް-19 ފެތުރެމުންދާ މިދަނޑިވަޅުގައި ވެންޓިލޭޓަރަށް އޮތް ޑިމާންޑް ބޮޑުވެ، އެތަކެތި ލިބުމުގައި ދަތިތައް ކުރިމަތިވެފައިވަނިކޮށް ވެންޓިލޭޓަރު އުފެއްދި، ށ. ގޮއިދޫއަށް ނިސްބަތްވާ އަހުމަދު އަޝްހަމްއަށް ފެނަކަ ކޯޕަރޭޝަނުން ވަޒީފާގެ ފުރުސަތުދީފި އެވެ.

ފެނަކަ ކޯޕަރޭޝަނުން ކުރި ޓްވީޓެއްގައި ބުނީ އެތަނުގެ މެނޭޖިން ޑޮރެކްޓަރު އަހުމަދު ސައީދު ވަނީ އުމުރުން 19 އަހަރުގެ އަޝްހަމްއަށް ގުޅައި އޭނާ ކުރި ހިތްވަރަށް މަރުހަބާ ކިޔާފައި ކަމަށެވެ.

އަދި އޭނާއަށް ވަޒީފާގެ ފުރުސަތު އެރުވުވިކަމަށް ވެސް ފެނަކައިން ބުނެ އެވެ. ފެނަކައިން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި އެފަދަ ގާބިލު ޒުވާނުންނަށް ފެނަކައިގައި ފަހި ފުރުސަތުތައް އޮންނާނެކަން ވެސް ފާހަގަކޮށްފަ އެވެ.

ހަފުތާއެެއްގެ ތެރޭގައި އޭނާ ވެންޓިލޭޓަރެއް އުފެއްދިއިރު އެކަން ކުރުމުގެ ހިތްވަރު އޭނާއަށް ލިބުނީ ރާއްޖޭގައި މިދިޔަ މަހުގެ ތެރޭގައި ސިފައިން ވެންޓިލޭޓަރެއް އުފެއްދި ހަބަރު ލިބިގެންނެވެ. އެގޮތުން އެ މަސައްކަތް ކުރީ އުކާލާފައި ހުންނަ އިލެކްޓްރީނިކް ސާމާނުގެ ބައިތައް ބޭނުންކޮށްގެންނެވެ.

މިދިޔަ އަހަރު ސެންޓަ ފޯ ހަޔާ ސެކަންޑަރީ އެޑިއުކޭޝަން (ސީއެޗްއެސްއީ) އިން ގްރޭޑް 12 ނިންމި އަޝްހަމް މިވަގުތު ހުރީ ޕައިލެޓްކަން ކިޔެވުމަށް ލޯނު ލިބޭނެ ދުވަހެއްގެ އިންތިޒާރުގަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް