އެކަން ސޯޝަލް މީޑިއާ މެދުވެރިކޮށް ހިއްސާކޮށްފައި ވަނީ ސަލްމާން ހާނުގެ ލޯބިވެރިޔާ، ލޫލިއާ ވަންތޫރެވެ. އެގޮތުން ޕަންވެލްގައި ހުންނަ ސަލްމާންގެ އެ ފާމްހައުސްގެ ގަސްތައް ވެއްޓިފައި އޮތް މަންޒަރު ވެސް ފެންނަ ފޮޓޯތައް ލޫލިއާ ވަނީ ހިއްސާކޮށްފަ އެވެ.
އެ ސައިކްލޯނުގެ ސަބަބުން ސަލްމާންގެ ފާމްހައުސްއަށް ލިބިފައިވަނީ ކިހާ ބޮޑު ގެއްލުމެއް ކަމެއް ސާފެއް ނުވެ އެވެ.
އެތަނަށް ގެއްލުން ލިބުނުއިރު ސަލްމާން މިވަގުތު ހުރީ ވެސް އެ ފާމްހައުސްގަ އެވެ. މުޅި އިންޑިއާ ލޮކްޑައުން ކުރުމާއެކު ދަތުރުފަތުރުކުރުން ހުއްޓި އެތަނުގައި އޭނާ ވަނީ ތާށިވެފަ އެވެ. އެގޮތުން ބަތަލާ، ޖެކްލީން ފެނާންޑަސް އާއި ލުލިއާގެ އިތުރުން އޭނާގެ އާއިލާގެ ބައެއް މެމްބަރުން ވެސް އެތަނުގައި އުޅެމުން އަންނަ ކަމަށް އިންޑިއާގެ ނޫސްތަކުން ބުނެ އެވެ.
އެތަނުގައި ލޮކްޑައުންގައި ތިބެން ޖެހުނު ނަމަވެސް ސަލްމާން އަންނަނީ އެތަނުގައި އުޅޭ ނޫޅޭގޮތް ސަޕޯޓަރުންނަށް ހިއްސާކުރަމުންނެވެ. އެތަނުގައި ނަގާފައިވާ ދެތިން ލަވައެއް ވެސް މިހާރު ވަނީ ރިލީޒްކޮށްފަ އެވެ.