ފުލުހުން މައުލޫމާތު ދޭ ގޮތުގައި މި މީހާ ތޮއްޑޫއަށް ގޮސްފައި ވަނީ ލޯންޗެއްގަ އެވެ.
އެ ލޯންޗު ދަތުރުކޮށްފައި ވަނީ ނަގަންޖެހޭ ހުއްދަ ނަގައިގެން ކަމުން ލޯންޗުގެ ކެޕްޓަން ހައްޔަރު ނުކުރާ ކަމަށް ފުލުހުން ބުނެއެެވެ.
އެހެން ނަމަވެސް، އެމީހާ ދަތުރުކޮށްފައި ވަނީ މައުލޫމާތު އޮޅުވާލައިގެން ހޯދާފައިވާ ހުއްދައަކާއެކު ކަމުން ފުލުހުން ވަނީ އެމީހާ ހައްޔަރުކޮށްފަ އެވެ.
ކަމާގުޅޭ އިދާރާތަކުގެ ހުއްދަ ނެތި އެއް ރަށުން އަނެއް ރަށަށް ދިއުން މަނާ ކޮށްފައިވާ މި ދަނޑިވަޅުގައި ހުއްދަ ނުހޯދާ އެއް ރަށުން އަނެއް ރަށަށް ގޮސްފައިވާ މައްސަލަތަކެއް ފާހަގަކުރެވިފައިވެ އެވެ.