ads
ސާރާ އަލީ ހާން
ސާރާ އަލީ ހާން ކުޑައިރު ލޯބި ދޯ؟
ސައިފް އަލީ ހާންގެ ދަރިފުޅު ސާރާ އަލީ ހާން ކުޑައިރުގެ ފޮޓޮއެއް ވަނީ އިންސްޓަގްރާމްގައި ޕޯސްޓު ކޮށްފަ އެވެ.

ބޮލީވުޑްގެ މަޝްހޫރު ފަންނާނު ކަމަށްވާ ސައިފް އަލީ ހާން ގެ ދަރިފުޅު ސާރާ އަލީ ހާން އަކީ ބޮލީވުޑްގައި މިހާރު އެންމެ ގަދަ އަށް ވިދަމުން އަންނަ އެއް ފަންނާނެވެ. 

ސާރާ އަކީ އަބަދުވެސް އިންސްޓަގްރާމް ގައި ފޭނުން އުފާ ކޮށްދިނުމަށް އެކި ކަހަލަ ވީޑިއޯ އާއި ފޮޓޯ ޕޯސްޓު ކުރާ ފަންނާނެ ކެވެ. އެގޮތުން، އިންޑިއާ ލޮކްޑައުން ކުރެވިފައިވާ މި ދުވަސްވަރުގައި، ސާރާ ދަނީ އޭނާގެ ލޮކްޑައުން ދުވަސްތައް އޮންނަ ގޮތް ފޭނުންނާއި ހިއްސާ ކުރަމުން ނެވެ.

އެގޮތުން އެންމެ ފަހުން ސާރާ ހިއްސާ ކޮށްލާފައި ވަނީ އޭނާގެ ކުޑައިރުގެ "ތުރޯ ބެކް" ފޮޓޮ އެކެވެ. މި ފޮޓޮ އިން ސާރާ ފެނިގެން ދަނީ ވަރަށް ލޯބި ކޮށް ކެމެރާއަށް ބަލާލައިގެން ހީލާ މަންޒަރެވެ.

ބޮލީވުޑް ފިލްމަކުން ސާރާ ދެން އެންމެ އަވަހަށް ފެނިގެން ދާނީ "ކޫލިއޯ ނަމްބަރު:1" ގެ ރީމޭކަކުން ވަރުން ދާވަން އާ އެކުއެވެ. މި ފިލްމު ޑިރެކްޓު ކުރާނީ ޑޭވިޑް ދާވަން އެވެ. މި ފިލްމު ސިނަމާތަކަށް ފުރަތަމަ ނިކުތުމަށް ހަމަޖެހިފައި ވަނީ މި އަހަރު މިދިޔަ މޭ މަހު އެވެ. ނަމަވެސް ކޮވިޑް-19 ވައިރަހާ ގުޅިގެން ފިލްމު ރިލީޒް ކުރާ ތާރީހް ވަނީ ބަދަލު ކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް