ads
ގަޔޫ އާއި ނަކްޝް--
ނަކްޝް، ގަޔޫ އާ ހިތާވީ މާބޮޑަށް އަޅާލާތީ
ޔޭ ރިޝްތާ ކިޔާ ކެހެލާތާ ހޭގައި ނަކްޝްގެ ރޯލުން ރޯހަން މެހެރާ މަޝްހޫރުވެގެންދިޔަ އިރު ކަންޗީ ސިންގް މަގްބޫލުވީ ގާޔޫގެ ރޯލުންނެވެ. އެ ޝޯގެ ސެޓުން ދެމީހުން ދިމާވެ، އެކަކު އަނެކަކަށް ހިތްޖެހުނުއިރު މިހާރު އެކުގައި އުޅޭތާ ހަތަރު އަހަރު ވެއްޖެ އެވެެ.

ދެމީހުން ލޯބީގެ ގޮތުން ގުޅިގެން އުޅޭކަން ނަކްޝް ހިއްސާކުރީ ބިގްބޮސް 10 އަށް ހޮވުނު ހިސާބުންނެވެ.

ނަކްޝް މިވަނީ ވަރަށް ފަހުން އޭނާއަށް ގަޔޫ ކަމުދިޔަ ސިފަތައް ކިޔައިދީފަ އެވެ. އެގޮތުން ބުނީ ގަޔޫ ވަރަށް ބޮޑަށް އޭނާއަށް އަޅާލައި އޯގާތެރިކަން އިސްކުރާ ކަމަށެވެ.

އަދި އަބަދުވެސް ހުންނާނީ އެހީތެރިކަން ފޯރުކޮށްދޭން ތައްޔާރަށް ކަމަށާއި އޭނާއަށް ދައްޗެއް ވިޔަ ނުދޭނެ ކަމަށެވެ. އަދި ބުނީ އެކަނި އުޅޭއިރު އެއްވެސް ދައްޗެއް ނެތި ކެއްކޭނެ ގޮތް ހެދުމަށް އަވަހަށް ތައްޔާރުކުރެވޭ ކާނާ، ތައްޔާރުކުރާނެ ގޮތް ވެސް ގަޔޫ ކިޔައިދީފައިވާ ކަމަށެވެ.

ނަކްޝް ވަނީ ގަޔޫއަކީ ލޯބިވެރިއެއްގެ ކިބައިގައި ހުންނަން ޖެހޭ ހުރިހާ ސިފައެއް ހުރި މީހެއްކަމަށް ވެސް ބުނެފަ އެވެ.

ގަޔޫ ވަނީ ޔޭ ރިޝްތާ ކިޔާ ކެހެލާތާ ހޭގެ އިތުރުން ވެސް ގިނަ ޝޯތަކަކުން ފެނިފަ އެވެ. އޭގެ ތެރޭގައި ސަސުރާލް ސިމަރް ކާ އާއި އޯރް ޕިޔާރު ހޯގަޔާ ފަދަ ޝޯތައް ހިމެނެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް