
އިންޑިއާގެ ނޫސްތަކުން ބުނާ ގޮތުގައި އެކަމެއް ހިނގީ މިދިޔަ އާދިއްތަ ދުވަހެވެ. ނާޒިމް ބުނި ގޮތުގައި އާދިއްތަ ދުވަހު މެސެޖުތައް ބަލަމުންދަނިކޮށް އޭނާއަށް ވަނީ މަޝްހޫރު ތިން ވެބްސައިޓެއް މެދުވެރިކޮށް އޭނާ ވިޔަފާރިކޮށްފައިވާ ކަމުގެ ޓްރާންސެކްޝަންތައް ފެނިފަ އެވެ.
އަދި ފަހުން ވެސް އޭނާގެ ކާޑު ބޭނުންކޮށްގެން ވިޔަފާރިކޮށްފައިވާކަން އެނގުމާއެކު އެކަމުގައި ނުބައެއް އުޅޭކަން އެނގި އޭނާ ވަނީ ބޭންކަށް ގުޅައި ކާޑު ބްލޮކްކޮށްފަ އެވެ.
ނާޒިމް ބުނީ އޭނާއަށް އެފަދަ ކަމެއް ދިމާވި ސަބަބު ހަމަ އެއްގޮތަކަށް ވެސް ނޭނގޭ ކަމަށެވެ. އެގޮތުން އެންމެ ފަހުން ކާޑު ބޭނުންކުރީ މީގެ ތިން މަހެއްހާ ދުވަސް ކުރިން ކަމަށް ވެސް ބުންޏެވެ.
ނާޒިމް އިތުރަށް ބުނީ އެއީ ބިރުވެރިކަމެއް ކަމަށާއި އޭނާ ދުވަހަކު ވެސް މީހަކަށް ކާޑުގެ މައުލޫމާތު ހިއްސާކޮށްފައިނުވާކަމަށެވެ.
އުމުރުން 36 އަހަރުގެ ނާޒިމް ވަނީ އުދާން އާއި ސޯރުޔާ އޯރް ސުހާނީ އަދި ބަހޫ ބެގަމް ފަދަ ޝޯތަކުން ފެނިގެންގޮސްފަ އެވެ.