ދައުލަތުގެ މީޑިއާ، ޕީއެސްއެމްގައި ވާހަކަ ދައްކަވަމުން އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަހުމަދު މުޙައްމަދު ވިދާޅުވީ މި އަހަރުގެ ސާނަވީ އިމްތިހާނުގައި ރަށްރަށުގެ ގިނަ ސްކޫލުތަކުގެ ދަރިވަރުން ރަނގަޅު ނަތީޖާތަކެއް ހޯދާފައިވާ ކަމަށެވެ.
އެހެންކަމުން އެ ސްކޫލްތައް ފާހަގަކޮށް ރަށުގައި ތިބެގެން އޭ ލެވެލަށް ކިޔަވަން އެދޭނަމައެކަން ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ.
އަންނަ ދިރާސީ އަހަރާއި އެކު އިތުރު ފަސް ސްކޫލެއްގައި އޭލެވެލަށް ކިޔަވާދެން ނިންމި ނަމަވެސްއެއީ ކޮން ސްކޫލްތަކެއްކަމެއް މިނިސްޓްރީ އަކުން ނުބުނެއެވެ.
މިއަހަރުގެ އޯލެވެލްގެ ނަތީޖާ މިދިޔަ އަންގާރަ ދުވަހު ވަނީ ދޫކޮށްފައެވެ. މި ފަހަރުހެ ނަތީޖާއަށް ބަލާއިރުވެސް ގިނަ ކުދިންތަކެއް އޯލެވެލް އިން ވަނީ ރަނގަޅު ނަތީޖާއެއް ހޯދާފައެވެ.