ads
އަމީތާބާއި ޖާޔާ--
އަމީތާބާއި ޖާޔާގެ އެތައް އަހަރެއްވީ ކައިވެނީގައި އޮތީ މައްސަލަ ޖެހޭ އެންމެ ސަބަބެެއް!
ބޮލީވުޑުގެ ލެޖެންޑު، އަމީތާބު ބައްޗަން އާއި ޖާޔާ ކައިވެނިކޮށްގެން އުޅޭތާ މިހާރު 47 އަހަރުވީ އެވެ. ހަމަގައިމުވެސް މިހާ ގިނަ ދުވަހު، ކައިވެނީގެ ގުޅުމެއްގައި ތިބުމަށް ލޯތްބާއި އެއްވަރަށް އިތުބާރު ވެސް އޮންނަން ޖެހޭނެކަމާއި މެދު ޝައްކެއް ނެތެވެ.

އެންމެ ފުރަތަމަ ޖާޔާ އާއި އަމީތާބު ދިމާވީ 1971 ވަނަ އަހަރު، ރިޝިކޭޝް މުކަރުޖީގެ ފިލްމު، "ގުއްޑީ" ގެ ސެޓުންނެވެ. އެއަށް ފަހު ދެމީހުން އެކުގައި ފެނިގެންދިޔައީ 1972 ވަނަ އަހަރެވެ. އެގޮތުން އެއަހަރު ނެރުނު ފިލްމު "އޭކް ނަޒަރު" ގައި މަސައްކަތްކުރުމުގެ ތެރެއިން އަމީތާބު ޖާޔާއާ ހިތާވި އެވެ. 

އަމީތާބު ބުނާ ގޮތުގައި ކައިވެންޏަށް މިހާރު 47 އަހަރުވެފައިވާއިރު އެމީހުންގެ މެދުގައި މައްސަލަ ޖެހޭ ސަބަބެއް އެބަ އޮތެވެ. އެކަން އަމީތާބު ހިއްސާކުރީ ކޯން ބަނޭގާ ކަރޯޑްޕަތީ ސީޒަންގެ 11 ގަ އެވެ. 

އެއީ ކައިވެނީގެ ތާރީހު ހަނދާން ނެތޭ މައްސަލަ އެވެ. އަމީތާބު ވަނީ އެ ތާރީހު އޭނާ ހަނދާން ނެތިއްޖެނަމަ ޖާޔާ އާއި އޭނާއާ ދެމީހުންގެ މެދުގައި މައްސަލަ ޖެހި ދެބަސްވުންތައް އަންނަ ކަމަށް ބުނެފަ އެވެ.

އަމީތާބާއި ޖާޔާ ކައިވެނިކުރީ 1973 ވަނަ އަހަރުގެ ޖޫން މަހުގެ ތިން ވަނަ ދުވަހެވެ. އެމީހުންގެ ކައިވެންޏަށް ދެ ދަރިން ލިބިފައިވާއިރު މިހާރު އަމީތާބަށް ކާފަ ކިޔާ ބޮޑެތި ކުދިން އެބަ ތިއްބެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް