ads
ކާނަލް ނާޒިމް - ފޮޓޯ: ޕީއެސްއެމް
މައިނޯރިޓީގެ އަޑު ނެތި މަޖިލިސް ހިންގަން އުޅުމަކީ ދެރަކަމެއް: ނާޒިމް
ރައްޔިތުންގެ މަޖިލީހުގައި މައިނޯރިޓީގެ އަޑު ނެތި މަޖިލިސް ހިންގަވަން އުޅުމަކީ ކަންބޮޑުވާ ކަމެއް ކަމަށް ރައްޔިތުންގެ މަޖިލިހުގެ ދަނގެތީ ދާއިރާގެ މެމްބަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ނާޒިމް މިއަދު ވިދާޅުވެއްޖެއެވެ.

ނާޒިމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ މައިނޯރިޓީގެ އަޑު ނެތި ރައްޔިތުންގެ މަޖިލީސް ހިންގަވަން މަޖްލީހުގެ ރައީސް މުހައްމަދު ނަޝީދު އުޅުއްވުމަކީ ކަންބޮޑުވާ ކަމެއް ކަމެއް ކަމަށެވެ. އަދި މައިނޯރިޓީއާ ގުޅޭ ގޮތުން މަހާތުމާ ގާންދީގެ ބަސްކޮޅެއް ނާޒިމް ވަނީ ޓުވީޓުގައި ހިއްސާކުރައްވައިފައެވެ. 

ކާނަލް ނާޒިމް މި ޓްވީޓް ކުރައްވާފައިވަނީ ރައްޔިތުންގެ މަޖިލީހަށް އިދިކޮޅު ޕީޕީއެމް އަދި ޕީއެންސީގެ މެމްބަރުން ވަޑައިނުގެންނެވި ނަމަވެސް މަޖިލީހުގެ މެމްބަރުންނަށް އެކަން ފާހަގަ ނުވާ ކަމަށް ރައީސް ނަޝީދު މިއަދު ވިދާޅުވެފައިވަނިކޮށެވެ.

މަޖިލީހަށް ވަޑައިގެންނެވި މެމްބަރުންނަށް އިޝާރާތްކުރައްވާ އެމަނިކުފާނު ވިދާޅުވީ، އެ މެމްބަރުންނަށް ޕީޕިއެމް އަދި ޕީއެންސީގެ މެމްބަރުން މަޖިލީހަށް ވަޑައިނުގަންނަވާކަން ފާހަގަ ނުވަނީ ކުރިންވެސް އެ މެމްބަރުން މަޖިލީހަށް އެހާ ގިނައިން ވަޑައިނުގަންނަވާތީ ކަމަށެވެ. އަދި އެއީ ދެތިން މެމްބަރުން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"މައިނޯރިޓީގައި އެއް ބޭފުޅެއް ހުރި ނަމަވެސް ތެދު ވާނީ ތެދަށް" މައިނޯރިޓީއާ ގުޅޭ ގޮތުން މަހާތުމާ ގާންދީ ވިދާޅުވެފައިވާ ބަސްކޮޅެއް ނާޒިމް ހިއްސާކުރައްވާފައިވެއެވެ.

ޕީއެމް އަދި ޕީއެންސީގެ މަޖިލިސް މެންބަރުންގެ ޖޮއިންޓު ޕާލިމަންޓްރީ ގްރޫޕުން އާއްމު ކުރި ބަޔާނެއްގައި ބުނެފައި ވަނީ ރައްޔިތުންގެ މަޖިލީހުގައި، މި މަހުގެ ދެވަނަ ދުވަހުގެ ދަންވަރު 1:30 ގައި ބޭއްވި ޖަލްސާގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، އިސްވެ ހުންނަވައިގެން، ރައްޔިތުންގެ މަޖިލީހުގެ ގަވާޢިދުގެ 65 ވަނަ މާއްދާއާ ހިލާފަށް އަމަލު ކުރައްވާފައިވާ ކަމަށެވެ. 

އަދި އެ ރޭގެ ޖަލްސާގައި ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމްގެ ނަން އިއްވެވުމަށްފަހު، ބޭރަށް ނިކުންނެވުމަށް އަމުރު ކުރައްވައި، އަދި އެމްޑީޕީގެ ބައެއް މެންބަރުން ލައްވާ މެންބަރު އަހްމަދު ޝިޔާމަށް އަނިޔާކޮށްފައިވާ ކަމަށްވެސް މިބަޔާނުގައި ތުހުމަތުކޮށްފައިވެއެވެ.  

މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުގެ އެންގެވުމަށް މާރާމާރީ ހިންގާފައިވާ ކަމަށާއި އިދިކޮޅު ޕާޓީގެ މެންބަރުން ޖަލްސާގައި ބައިވެރިނުކޮށް، އެ މެމްބަރުންނަށް ލިބެން ޖެހޭ ވާހަކަ ދެއްކުމާއި ވޯޓުލުމުގެ ހައްގު ވެސް ނިގުޅައިގަންފައިވާ ކަމަށް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

އެރޭގެ މާރާމާރީގެ މައްސަލަ މިހާރު ދަނީ ފުލުހުން ތަހުގީގު ކުރަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް