ads
ގާޒީ ސްކޫލް---ފޮޓޯ:ސޯޝަލް މީޑިއާ
ސްކޫލުތައް ހުޅުވުން ރައްކާތެރިބާ؟
ނިއު ނޯމަލްގައި ސްކޫލުތައް ހުޅުވަން ތައްޔާރުވާން އެޑިއުކޭޝަން މިނިސްޓާ އާއިޝަތު އަލީ ވަނީ މިއަދު އެދިލައްވާފައެވެ. މިއާއެކު އުފެދޭ ސުވާލަކީ ސްކޫލުތައް އަލުން ހުޅުވަން ރައްކާތެރިތޯއެވެ؟
Advertisement

މި ސުވާލުގެ ކުރު ޖަވާބަކީ އާނއެކެވެ. ނަމަވެސް އެކަމަކީ ގިނަ ތައްޔާރީތަކާއެކު އެވެ. 

ސްކޫލުތައް ތައްޔާރުވުން: 

އުނގެނުމަކީ ކޮންމެ ހާލަތެެއްގައި ވެސް އެހާމެ މުހިންމުކަމަކަށް ވާއިރު ކޮވިޑް 19 ގެ ބިރުވެރިކަމުގެ ސަބަބުން ތައުލީމު ފޯރުކޮށް ދިނުން ހުއްޓައިލުމަކީ ކުރެވޭނެކަމެއް ނޫނެވެ. 

ސްކޫލުތައް އަލުން ހުޅުވާއިރު ސަރުކާރުން ވެސް އަންނަނީ ނުހަނު ބޮޑު ތައްޔާރީތަކެއް ވަމުންނެވެ. މިގޮތުބް ސްކޫލުތަކަށް ދަރިވަރުން ވަންނައިރު ހުން ބެލުން ފަދަ ކަންކަން ކުރާނެއެވެ. އަދި ކޮންމެ ކްލާސްރޫމެއްގައި ވެސް އަތް ދޮވެވޭނެ އިންތިޒާމްތައް ހަމަޖެއްސޭނެއެވެ. ކްލާސްތަކުގަައި ގައިދުރުކުރުމުގެ އިންތިޒާމުތައް ވެސް ހަމަޖައްސާނެއެވެ. ސްކޫލުގައި ދަރިވަރުން ހޭދަކުރާ ވަގުތުވެސް މަދުވާނެއެވެ.  

ސްކޫލުތައް ހުޅުވާނީ ކޮން ދުވަހަކުން؟

ސްކޫލުތައް ހުޅުވާނެ ދުވަހެއްގެ ބަހުސް މިހާރުވެސް އަންނަނީ ކުރެވެމުންނެވެ. އެއްބަޔަކު ބުނަނީ ސްކޫލުތަައް ހުޅުވަން އަދި މާ އަވަސްކަމަށެވެ. އަނެބަޔަކު ބުނަނީ ސްކޫލުތަކުގައި ކިޔަވަައި ނުދިނުމުގެ ސަބަބުން ދަރިވަރުންނަށް ފޫ ނުބެއްދޭ ވަރުގެ ގެއްލުމެއްވާކަމަށެވެ. 

ހަގީގަތަކީ ޓެލެކްލާސްތަކާއި އޮންލައިން ކްލާސްތަކަކީ މިފަދަ ވަގުތެެއްގައި އެންމެ ރަނގަޅު ހައްލުނަމަވެސް ދުރުން ނަގަައިދޭ ކްލާސްތަކުގެ މާ ބޮޑު ފައިދާއެއް ރާއްޖޭގައި ނުކުރެއެވެ. 

ސަބަބުތަކެއްވެސް ނެތިއެއް ނޫނެވެ. ފުރަތަމަ މައްސަލައަކީ އިންޓަނެޓުގެ އަގު އަތް ފޯރާ ފަށުގައިނެތުމެވެ. ދެވަނަ ކަމަކީ ބައެއް ދަރިވަރުންނާ ބެލެނިވެރިން ޓެކްނިލޮޖީއަށް އެންމެ އެކަށީގެންވާ ފެންވަރެެއްގަައި އަހުލުވެރިވެފަައި ނެތުމެވެ. އަދި ހަމަ އެގޮތައް ބައެއް ޓީޗަރުންނާއި ދިވެހިރާއްޖޭގެ މުގައްރަތުވެސް ޓެކްނޮލޮޖީއާ އެހާ ރަހުމަތްތެރިއެއްނޫނެވެ.

އެކަޑަމިކް ކަލަންޑަރުގައިވާ ގޮތުން މިދިޔަ މަހުގެ 21 ވަނަ ދުވަހު ވަނީ ފުރަތަމަ ޓާމުގެ ކިޔެވުން ނިމިފަ އެވެ. އަދި މެއި 31 އިން ފެށިގެން ޖޫން މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް ވަނީ މިޑް ޓާމް ބްރޭކްގެ ގޮތުގައި ކަނޑައަޅާފަ އެވެ. އެހެންކަމުން ދެން އެންމެ އަވަހަށް ސްކޫލުތައް ހުޅުވުނަސް ހުޅުވޭނީ މި މަހުގެ 14 ގަ އެވެ. 

ކަންމިހެން އޮތްއިރު ސްކޫލުތަކުން ތައްޔާރުވެ ސްކޫލުތައް އަލުން ހުޅުވަން އަދި މަހެެއްހާ ދުވަސް ނަގާނެކަމަށް ބެލެވެއެވެ. 

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް