ads
ސްރީލަންކަން އެއާލައިންގެ ފްލައިޓެއް
ލަންކާއިން އަންނަ 153 ފަރާތެއް ހޯމް ކަރަންޓީނަށް ދިއުމަށް ވަނީ އެދިފައި
ލަންކާއިން ރާއްޖެ އަންނަ 153 މީހުން ހޯމް ކަރަންޓީނަށް ދިއުމަށް އެދިފައި ވާކަމަށް ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެމްއީއޯސީ) ގެ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވެއްޖެ އެވެ.

އެންއީއޯސީ ގައި ކުރިއަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މަބްރޫކް ވިދާޅުވީ ހޯމް ކަރަންޓީނަށް ދާން ބޭނުންވާ 153 މީހުން އެދިފައި ވާތީ 13 އަތޮޅެއްގައި ހޯމް ކަރަންޓީން ވެވޭނެގޮތް ހެދުމަށްޓަކައި މަސައްކަތް ކުރަމުން ދާކަމަ ށެވެ. 

މަބްރޫކް ވިދާޅުވީ މާދަމާ ސްރީލަންކަން ގެ ފްލައިޓް ޖައްސާނީ ހެނދުނު 08:25 ގައި ކަމަށާއި ފްލައިޓުން 262 މީހުން ރާއްޖެ އައުމަށް ހަމަޖެހިފައި ވާކަމަށެވެ. 

އޭގެ އިތުރުން ފޮރިން މިނިސްޓްރީ އިން އަނބުރާ ރާއްޖެ އައުމަށް ބޭނުންވާ ދިވެހިންގެ ތެރެއިން ރާއްޖެ ގެނައުމުގައި އިސްކަންދީފައި ވާނީ އާސަންދަ މެދުވެރިކޮށް ބޭސް ކުރުމަށް ލަންކާ އަށް ދިޔަ މީހުންނާއި ހާއްސަ އެހީއަށް ބޭނުންވާ މީހުންނާއި ޓޫރިސްޓު ވިސާ ގައި ދަތުރުކޮށް މާލީ އެހީތެރިކަމަށް ބޭނުންވެފައިވާ މީހުންގެ އިތުރުން ލޮކްޑައުން އާއި ގުޅިގެން ފްލައިޓް ކެންސަލްވި މީހުން އަދި އެހެން ސަބަބު ތަކަށް ޓަކައި ވެސް ޓޫރިސްޓު ވިސާ ގައި ދަތުރުކޮށް އަނބުރާ ރާއްޖެ ނާދެވި ތިބި މީހުންނަށް މަބްރޫކް ވަނީ ވިދާޅުވެފަ އެވެ. 

މަބްރޫކް އިތުރަށް ވިދާޅުވީ، އެޗްޕީއޭ އަށް ރާއްޖެ އިން ބޭރުން ރާއްޖެ އަށް އަންނަ މީހުން ކަރަންޓީން ވާނެ ގޮތެއް އެންގުމަށް ފުރަންޖެހޭ ފޯމް ގިނަ ފަރާތްތަކުން ފުރާފައި ނުވާ ކަމަށެވެ. އަދި ފޯމް ފުރާފައި ތިބި ބައެއް މީހުން ވެސް އެމީހުންނަށް ގޭގައި ހޯމް ކަރަންޓީން ކުރެވޭތޯ ނުވަތަ ނުވެވޭތޯ ވެސް ބުނެފައު ނުވާކަމަށް ވެސް މަބްރޫކް ވަނީ ވިދާޅުވެފަ އެވެ. 

ރާއްޖެ އައިސް އަތޮޅުތެރެއަށް ދާން ބޭނުންވާ މީހުން ރަށް ރަށަށް ގެންދިއުމުގެ މަސައްކަތް ކުރާނީ މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް