ads
ބައެއް ކޭޕޮޕް ބޭންޑްތައް---
ނަސްލީ ތަފާތުކުރުން ނައްތާލުމަށް "ކޭޕޮޕް" ގެ ފޭނުން ނިކުމެއް
އަންހެން ކުދިންގެ ހިތްތައް ކަތިލަމުންދާ ކޮރެޔާގެ މަޝްހޫރު 2 ބޭންޑްއެއް ކަމަށްވާ ބީޓީއެސްއާއި އެކްސޯގެ ފޭނުން ނަސްލީ ތަފާތުކުރުމާއި ދެކޮޅަށް ނިކުމެއްޖެއެވެ.
Advertisement

މިގޮތުން ނަސްލީ ތަފާތު ކުރުންތައް ނައްތާލާ ކަޅު މީހުންނަށް ލިބެމުންދާ އަނިޔާތައް ހުއްޓުވާ އެމީހުންނަށް އެހީވުމަށް ބީޓީއެސް ބޭންޑުން ދަނީ ގިނަ ގުނަ ކަންތައްތަކެއް ކުރަމުން ނެވެ.  

މިގޮތުން ބީޓީއެސްއިން ދާދިފަހުން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައި ވަނީ އެގްރޫޕްއަކީ ނަސްލީ ތަފާތުކުރުމާއި ދެއްކޮޅަށް މަސައްކަތް ކުރަމުންދާ ބޭންޑެއް ކަމަށެވެ. އަދި ސުލްހަ މަސަލަސްކަން ގާއިމް ކުރުމަށްޓަކައި އެއް ބަޔަކު އަނެއްބަޔަކަށް އިހްތިރާމް ކުރަން ޖެހޭނެކަމަށާއި ކޮންމެ މީހަކީވެސް އިހްތިރާމް ލިބޭ މީހެއް ކަމުގައި ވުމަކީ މުހިންމު ކަމެއް ކަމުގައި ފާހަގަކޮށްފައިވެއެވެ.

"އަހަރެމެން އަަސްލު މި މަސައްކަތް ފެށީ ނަސްލީ ތަފާތުކުރުންތައް ނައްތާލަން. ނަމަވެސް އެމެރިކާގައި ދިމާވި ހާދިސާއާއި ގުޅިގެން ފާހަގަވެގެން ދިޔައީ ކަޅު ނަސްލު ހިމާޔަތް ކުރުމަށް ގިނަ ބަޔަކު ގޮވަމުންދާއިރު އެމީހުންގެ ނަފްރަތް ދޮން މީހުންނަށް އަމާޒުވެގެން ދިޔަ މަންޒަރު. މި ހަމަނުޖެހުމުގެ ތެރެއިން ދޮން މީހުން ލޭބަލް ކުރެވިފަ ވަނީ ވަރަށް ނުބައި ބަޔެއްގެ ގޮތުގައި. ކޭޕޮޕްގެ އަމާޒަކީ ނަސްލީ ތަފާތު ކުރުން ނައްތާލާ ދެ ނަސްލުގެ މީހުން އެއްވަރެއްގައި ބޭތިއްބުން. އަހަރެމެން ކުރީގައި ޖަހަމުން އައި "ބްލެކް ލައިފް މެޓާ" އެކަނި. މީގެ ސަބަުންވެސް ތަފާތު ކުރުންތަކެއް އަންނަކަން ފާހަގަކުރެވެން ފެށޫމާއި އެކު "ވައިޓް ލައިފް މެޓާ" ހޭޝްޓެގްވެސް އަހަރެމެން ބޭނުން ކުރަން ފެށިން. މިކަން ވެގެން ދިޔައީ ގިނަ ބަޔެއްގެ ވިސްނުމާއި ކުޅެލި ކަމެއް ކަން ފާހަގަކުރެވޭ. " ކޭޕޮޕްގެ ފޭނަކު ބޭރުގެ މީޑިޔާއަކަށް މައުލޫމާތު ދެމުން ބުނެފައިވެއެވެ.

ނަސްލީ ތަފާތުކުރުމާއި ދެކޮޅަށް ދުނިޔޭގައި މިހާރު ކުރަމުންދާ "ބްލެކް ލައިފް މެޓާ" ކެމްޕޭނަށް ބީޓީއެސް ގްރޫޕުން ވަނީ ދާދިފަހުން 1 މިލިއަން ޑޮލަރުގެ އެހީތެރިކަމެއް ދީފައެވެ.  

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް