ads
ފޮޓޯ:އެމްއެމްއޭ
ޖޫން 14 އިން 30 އަށް ހަފްތާއަކު 4 ދުވަހު ބޭންކުތައް ހުޅުވަނީ
ޖޫން މަހުގެ 14 ވަނަ ދުވަހުން ފެށިގެން 30 ވަނަ ދުވަހަށް ކޮންމެ ހަފްތާ އަކު ހަތަރު ދުވަހު ބޭންކުތައް ހުޅުވުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އިން ނިންމައިފި އެވެ.

އެމްއެމްއޭ އިން ބުނީ ޖޫން 14 ވަނަ ދުވަހުން ފެށިގެން 30 ވަނަ ދުވަހަށް ކޮންމެ ހަފްތާ އަކު ވެސް ހޯމަ، އަންގާރަ، ބުދަ އަދި ބުރާސްފަތި ދުވަހު ބޭންކުތައް ހުޅުވާފައި ހުންނާނެ ކަމަށެވެ. 

މި ދުވަސްތަކުގައި ބެންކުތައް ހުޅުވާނީ ހެނދުނު 9:30 އިން ފެށިގެން މެންދުރު 2:00އަށް ކަމަށް އެމްއެމްއޭއިން ބުނެއެވެ. 

އެމްއެމްއޭ އިން ބުނީ ވަކިވަކި ބޭންކުތައް ހުޅުވައި، އެ ބޭންކުތަކުން ދޭނެ ހިދުމަތްތަކުގެ ތަފްސީލް އެ ބޭންކުތަކުން ހާމަކުރާނެކަމަށެވެ. އަދި ބޭންކުތައް ހުޅުވިކަމުގައިވިޔަސް އޮންލައިންކޮށް ލިބެން ހުންނަ ހިދުމަތްތައް އިހްތިޔާރުކުރުމަށް އެމްއެމްއޭއިން ވަނީ އިލްތިމާސް ކޮށްފަ އެވެ. 

މިހާރު މެދުކެނޑިފައިވާ ކުދި ރުފިޔާ ދޫކުރުމުގެ ހިދުމަތާއި ވަކި ލާރި ދޫކޮށް ބަލައި ގަތުމުގެ ހިދުމަތް ލޮކްޑައުން އަށް ސަރުކާރުން ދީފައިވާ ލުއިތަކާއި ގުޅިގެން، 16 ޖޫން ވާ އަންގާރަ ދުވަހުން ފެށިގެން އަލުން ފަށާނެކަމަށާއި މި ހިދުމަތް ލިބޭނީ ކޮންމެ ހަފްތާއަކު އަންގާރަ އަދި ބުރާސްފަތި ދުވަހުކަމަށް އެމްއެމްއޭއިން ބުނެ އެވެ.

އެ އޮތޯރިޓީއަށް ހިދުމަތް ހޯދުމަށް ދިއުމުގެ ކުރިން 7919292 އަށް ނަމާއި، އައިޑީ ކާޑު ނުވަތަ ޕާސްޕޯޓު ނަންބަރާއި، ދިރިއުޅޭ އެޑްރެސް، ގުޅޭ ފޯނު ނަންބަރު އަދި ހޯދަން އެދޭ ހިދުމަތް ޓެކްސްޓް ނުވަތަ ވައިބާ މެސެޖު މެދުވެރިކޮށް ފޯރުކޮށްދިނުމުން މޯލްޑިވްސް ޕޮލިސް ސާރވިސް މެދުވެރިކޮށް ހޯދަން ޖެހޭ ހުއްދަ ހޯދައިދިނުމަށް ނިންމާފައިވާކަމަށް އެމްއެމްއޭއިން ބުނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް