ads
ާ ކޯޓް އޮފް އާބިޓްރޭޝަން އޮފް ސްޕޯޓްސް
ސިޓީން އުފުލި ދައުވާގެ އަޑު އެހުންތައް ނިމިއްޖެ
މެންޗެސްޓާ ސިޓީން، ފައިނޭންޝަލް ފެއާޕްލޭ ގެ އުސޫލުތަކާ ހިލާފުވެފައި ވާތީ އަދި ކްލަބް ލައިސަންސިންގައި މަކަރު ހަދާފައި ދެ އަހަރު ދުވަހަށް ޔުއެފާގެ މުބާރާތްތަކުން ސަސްޕެންޑްކޮށްފައިވާ މައްސަލައިގާ ޔުއެފާއާއި ދެކޮޅަށް ކޯޓް އޮފް އާބިޓްރޭޝަން އޮފް ސްޕޯޓްސްގައި ކޮށްފައިވާ ދައުވާގެ އަޑު އެހުންތައް ނިމިއްޖެއެވެ.
Advertisement

ސިޓީގެ ސަސްޕެންޝަނާއި ގުޅިގެން ޔުއެފާއާ ދެކޮޅަށް ހުށަހަޅާފައިވާ މައްސަލައިގެ އަޑު އެހުންތައް މިހާރު ނިމިފައިވާއިރު، މި މައްސަލަ ކުރިއަށް ގެންގޮސްފައިވަނީ އާއްމުކޮށް ހުޅުވާލައިގެނެއް ނޫނެވެ.  ކޮވިޑާ ގުޅިގެން ދަތުރުފަތުރުގެ ހުރަސްތަކާއި ހެދި އަޑު އެހުންތައް ބާއްވާފައިވަނީ ވަރޗުއަލްކޮށެވެ. މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި މި މައްސަލައިގެ އަޑުއެހުންތައް ނިމިފައިވާއިރު، އަންނަ ޖުލައި މަހުގެ ކުރީކޮޅު މައްސަލައިގާ ކޯޓް އޮފް އާބިޓްރޭޝަން އޮފް ސްޕޯޓްސްއިން ގޮތެއް ނިންމާނެއެވެ.

ފައިނޭންޝަލް ފެއާޕްލޭ ގެ އުސޫލުތަކާ ހިލާފުވެފައި ވާތީ  އާއި އަދި ކްލަބް ލައިސަންސިންގައި މަކަރު ހަދާފައި ވާތީ ދެ އަހަރު ދުވަހަށް ޔުއެފާގެ އެއްވެސް މުބާރާތެއްގައި ވާދަނުކުރެވޭ ގޮތަށް މެންޗެސްޓާ ސިޓީ ސަސްޕެންޑްކޮށްފައިވަނީ ހުސްވި ފެބްރުއަރީ މަހުގެ ތެރޭގައެވެ. ޔުއެފާގެ މިނިވަން ތަހުގީގަކަށް ފަހު، މެންޗެސްޓަރ ސިޓީ ދެ އަހަރަށް ސަސްޕެންޑްކުރުމުގެ އިތުރުން ތިރީސް މިލިއަން ޔޫރޯއިންވަނީ ޖޫރިމަނާކޮށްފައެވެ. ސަސްޕެންޝަންގެ އަދަބު ފަށާނީ އަންނަ ސީޒަނުން ފެށިގެންނެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން، ފައިނޭންޝަލް ފެއާޕްލޭ ގެ އުސޫލުތަކާ ހިލާފުވެފައިވަނީ ސްޕޮންސަރުންގެ ފަރާތުން ލިބިފައިވާ ފައިސާތަކުގެ ބޮޑެތި އޮޅުވާލުންތަކެއް އޮޅުވާލައިގެންނެވެ. މެންޗެސްޓަރ ސިޓީއަށްވަނީ ފައިނޭންޝަލް ފެއާޕްލޭގެ އުސޫލުތަކާއި ހިލާފުވެގެން ޔުއެފާގެ އަދަބު މީގެ ކުރިންވެސް ލިބިފައެވެ.

ސްވިޓްޒަލަންޑްގެ ލޯސޯންގައި ގާއިމްކޮށްފައިވާ ކޯޓް އޮފް އާބިޓްރޭޝަން އޮފް ސްޕޯޓްސްއަކީ ކުޅިވަރުގައި ދިމާވާ މައްސަލަތައް ހުށަހަޅާ ބައިނަލްއަޤްވާމީ ކޯޓެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް