ads
ވިޓަމިން ޑީ ރަނގަޅަށް ހަށިގަނޑަށް ނުލިބޭ ކަމުގެ ބައެއް އަލާމާތްތައް
ވިޓަމިން ޑީ އަކީ ހަށިގަނޑަށް އެންމެ ފައިދާހުރި އެއް މާއްދާއަށްވީއިރު، ވިޓަމިން ޑީ ލިބުން މަދުވުމުން ހަށިގަނޑަށް ހީވެސް ނުކުރާ ކަހަލަ ބަދަލުތައް އައުމަކީ އެކަށީގެންވާ ކަމެކެވެ.

ބޭރަށް ނިކުމެ އުޅުން މަދުވުމުން އިރުގެ އަލިން ހަށިގަނޑަށް ލިއްބައިދޭ ބައެއް ފައިދާހުރި މާއްދާތައް މަދު ވުމަކީ ލޮކްޑައުން ވެފައިވާ މިދުވަސްވަރު ފާހަގަ ވެދާނެ ކަމަކެވެ. އެގޮތުން، ހަށިގަނޑަށް ފައިދާ ލިއްބައިދޭ އެއް މާއްދާ ކަމަށްވާ ވިޓަމިން ޑީ އެންމެ ފަސޭހައިން ލިބިގަނެވޭނެ އެއް ގޮތަކީ ބޭރަށް ނިކުމެ އިރުގެ އައްޔަށް މީހާގެ ހަށިގަނޑު އެކްސްޕޯސް ކޮށްލުމެވެ.

ނަމަވެސް ގޭގައި ތިބެން ޖެހިފައިވާ މި ދުވަސްވަރުގައި، ވިޓަމިން ޑީ އެގޮތަށް ހަށިގަނޑު ނުލިބި ނޭދެވޭ ބައެއް އަސަރުތައް މީހާގެ ގައިން ފެނިގެން ދިއުމަކީ އެކަށީގެންވާ ކަމެކެވެ.

  • ހަށިގަނޑަށް ވިޓަމިން ޑީ ނުލިބޭ ކަމުގެ އެންމެ ބޮޑު އެއް ހެއްކަކީ މީހާގެ މޫޑަށާއި އަމަލުތަކަށް އަންނަ ބަދަލުތަކެވެ. އެގޮތުން، ވިޓަމިން ޑީ ލިބޭލެއް މަދުވުމުން ބައެއް ފަހަރު، ކަންތައްތަކާއި މާ ބޮޑަށް ހާސް ވުމާއި ކަންބޮޑުވުން އިތުރު ވުމަކީ އެކަށީގެންވާ ކަމެކެވެ.
  • ލޮކްޑައުންގެ ދުވަސްވަރުގައި އެހެން ނޫނީ ބޮލުން އިސްތަށި ފައިބާ ވަރަށް ވުރެ ގިނައިން ފައިބާކަމަށް ވަނީ ފާހަގަ ކުރެވިފަ އެވެ. މިއީ ވިޓަމިން ޑީ ހަށިގަނޑުގައި މަދުވުމެގެ އެންމެ ބޮޑު އެއް އަލާމާތް ކަމުގައި ބުނެއެވެ. އަދި އިސްތަށި ފޭބުން ހުއްޓުވުމުގެ ގޮތުން ވިޓަމިން ޑީ އެކުލެވޭ މޭވާއާއި ތަރުކާރީ ކެއުމަށް އާދަ ކޮށް، ގޭގައި ތާށިވެފައި ތިބޭއިރުވެސް ބެލްކަންޏަށް ނިކުމެލާ ހެދުމަކީ މުހިންމު ކަމެކެވެ.
  • ހުޅުހުޅުގައި ރިއްސާ، ނުވަތަ އެހެން ނޫނީ ވަރުބަލިވާ ވަރަށް ވުރެ އަވަހަށް ވަރުބަލި ވުމާއި ކަންތައްތައް މަތިން ފޫހިވުމަކީ ވެސް ވިޓަމިން ޑީ ހަށިގަނޑަށް ލިބެން ޖެހޭ ވަރަށް ނުލިބުން ކުރިމަތިވެދާނެ ކަމެކެވެ.
  • އެންމެ ބޮޑަށް ވިސްނަން ޖެހޭނެ ކަމަކީ، ވިޓަމިން ޑީ ހަށިގަނޑަށް ލިބޭ މިންވަރު މަދުވެއްޖެ ނަމަ މީހާގެ ދިފާއީ ނިޒާމް ވެސް ވަރުދެރަ ވެގެން ދާނެ ކަމަށެވެ. އެގޮތުން، ގިނައިން، ބަލިވެ، ރޯގާ ޖެހި ހުން އަންނަން ފެށުމަކީ ވެސް ވިޓަމިން ޑީ ހަށިގަނޑުގައި އެކުލެވޭ މިންވަރު މަދުކަމަށް ދައްކުވައިދޭނެ ކަމެކެވެ.

ރަނގަޅު ސިއްހަތެއް ގައި ހުރުމަށް ހަށިގަނޑަށް ބޭނުންވާ ފައިދާހުރި މާއްދާތައް ލިބި ގަތުމަކީ މުހިންމު ކަމެކެވެ. އެގޮތުން، ގޭގައި ތިބޭއިރުވެސް ހަށިގަނޑަށް ފައިދާވާ ކަހަލަ ކާ އެއްޗެހި ކެއުމަށް އާދަކޮށް، ކޮންމެ ދުވަހެއްގެ ކެއުމުގައި ވެސް މޭވާ އާއި ތަރުކާރީ ބޭނުން ކުރުމަށް އާދަކުރުމަކީ މުހިންމު ކަމެކެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް