ads
އިންޑިޔާ ފުޓްބޯޅަ ސީޒަން ފަށާނީ އޮގަސްޓް މަހު
އިންޑިޔާގެ ފުޓްބޯޅަ ސީޒަން އޮގަސްޓް މަހު ފަށަނީ
އަންނަ އޮގަސްޓް މަހު، ފުޓްބޯޅަ ސީޒަން ފަށަން އޯލް އިންޑިޔާ ފުޓްބޯޅަ ފެޑެރޭޝަނުން ނިންމައިފިއެވެ. އޯލް އިންޑިޔާ ފުޓްބޯޅަ ފެޑެރޭޝަނުން ނިންމާފައިވަނީ އޮގަސްޓް މަހުގެ އެކަކުން، އަންނަ އަހަރުގެ މެއި މަހުގެ ނިޔަލަށް ފުޓްބޯޅަ ސީޒަން ކުރިއަށް ގެންދާށެވެ.
Advertisement

ކޮވިޑް-19 އާ ގުޅިގެން އެންމެ ފުރަތަމަ އިންޑިޔާގެ ފުޓްބޯޅަ ސީޒަން މެދު ކަނޑާލީއެވެ. އޭރު ސުޕަރ ލީގު، އައި ސުޕަރ ލީގު ކަޕު ނިމިފައިވީ ނަމަވެސް އައި ލީގު އޮތީ ނުނިމިއެވެ. އެހެންނަމަވެސް ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ފަހުން އައި ލީގުވެސް ކެންސަލްކޮށް ސީޒަން ނިންމާލަން އިންޑިޔާއިން ނިންމީއެވެ. އޮގަސްޓް މަހުގެ ފުރަތަމަ ދުވަހު އައު ސީޒަން ފެށުމަށް ފީފާއިންވެސް ހުއްދަ ލިބިފައިވާ ކަމަށް އިންޑިޔާ ފެޑެރޭޝަނުން ބުންޏެވެ.

އިންޑިޔާ އިން މިހާރު ކަނޑައަޅާފައިވަނީ އޮގަސްޓް މަހުގެ އެއްވަނަ ދުވަހުން ފެށިގެން އޮކްޓޫބަރު މަހުގެ ވިހި ވަނަ ދުވަހާއި ހަމައަށް ފުރަތަމަ ޓްރާންސްފާ ވިންޑޯ ކުރިއަށް ގެންދާށެވެ. އާއްމުކޮށް ފުރަތަމަ ޓްރާންސްފާ ވިންޑޯ އިންޑިޔާގައި އޮންނަނީ ޖޫން މަހުގެ ނުވަޔަކުން އޮގަސްޓް މަހުގެ ނިޔަލަށެވެ. އިންޑިޔާއިން ނިންމާފައިވަނީ ދެވަނަ ޓްރާންސްފާ ވިންޑޯ، އަންނަ ޖެނުއަރީ މަހުގެ އެކަކުން ފެށިގެން ކުރިއަށް ގެންދާށެވެ. އެހެންނަމަވެސް މުޅި ސީޒަންގައިވެސް އެމެޗާ ކުޅުންތެރިން ރަޖިސްޓްރީ ކުރެވޭނެ ކަމަށް އިންޑިޔާ ފެޑެރޭޝަނުންވަނީ ނިންމާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް