ads
ހައުސިން މިނިސްޓަރާއި އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މަޖިލީހުގައި -- ފޮޓޯ: މަޖިލިސް
ހައުސިން މިނިސްޓްރީ އުވާލައިފި
މިނިސްޓްރީ އޮފް ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓް އުވާލައްވައި، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗާގެ ނަން މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާގެ ނަމަށް ރައީސުލްޖުމްހޫރިއްޔާ މިއަދު ބަދަލުކުރައްވައިފި އެވެ.

ރައީސް އެގޮތަށް ނިންމަވާފައި މިވަނީ ހައުސިން މިނިސްޓަރު، އައިމިނަތު އާތިފާ މަގާމުން އިސްތިއުފާ ދެއްވަވާފައިވަނިކޮށެވެ. އެގޮތުން މިނިސްޓަރު އިސްތިއުފާ ދެއްވަވާފައި ވަނީ ސިއްހީ ހާލުކޮޅު ހުރި ގޮތުން އެމަގާމުގެ ވާޖިބު އަދާކުރެއްވުމަށް އުޒުރުވެވަޑައިގަންނަވާތީ ކަމަށް ރައީސް އޮފީހުން ބުނެ އެވެ. 

ރައީސް އޮފީހުން ބުނީ ހައުސިން މިނިސްޓްރީ އުވާލަން ރައީސް ނިންމެވުމާއެކު ހައުސިން މިނިސްޓްރީން ކުރަމުން އައި ހުރިހާ މަސައްކަތްތައް ދެން ކުރަމުންދާނީ ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްްޓްރީގެ ދަށުންނެވެ. 

ރައީސްގެ އެ ނިންމެވުމާއެކު އެ މިނިސްޓްރީގެ ޒިންމާ އަދާކުރައްވާނީ މުހައްމަދު އަސްލަމެވެ.

އަދި އެ މަސައްކަތްތައް ކުރުމަށް ހައުސިން މިނިސްޓްރީގައި ތިބި މުވައްޒަފުން، ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާއަށް ބަދަލުކުރަން ނިންމާފައިވާ ކަމަށް ވެސް ރައީސް އޮފީހުން ބުނެ އެވެ. 

ހައުސިން މިނިސްޓްރީ އުވާލިއިރު ޕްލޭނިން މިނިސްޓްރީ އާއި ހައުސިން މިނިސްޓްރީން ކުރަމުން އައީ އެއް މަސައްކަތެއް ކަމަށް ބުނެ އެ ދެ ތަން އެއްކޮށްލުމަށް ބާރުއަޅައި ވެސް ގިނަ ބަޔަކު ވާހަކަ ދެއްކި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް