
ލޮކްޑައުން ގައި ގޭގައި ތިބެގެން ދެމަފިރިން އެކަކު އަނެ ކަކަށް ކޮށްދޭ ލޯބި ކަންތައްތައް ދެމަފިރިން އަންނަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް ފޭންނާ ހިއްސާ ކުރަމުންނެވެ.
އެގޮތުން ލޮކްޑައުންގެ ފުރަތަމަ ހަފްތާ ޝާހިދު ވަނީ އޭނާގެ އަންހެނުންނަށް ޕޭންކޭކް އަޅާދީފަ އެވެ.
ލޮކްޑައުންގައި ތިބެގެން ތަފާތު ގިނަ ކަންތައްތައް ތަރިން ކުރަމުން އަންނަ އިރު، ޝާހިދު ވަނީ މިފަހަރު އޭނާގެ އަންހެނުންނަށް މީރު ކާއެއްޗެއް ކައްކާ ދީފަ އެވެ.
އޭނާގެ އަންހެނުން މީރާ އިންސްޓަގްރާމް ގައި ޝެއާ ކޮށްފައިވާ ގޮތުން، ޝާހިދު މިވަނީ ފަސް އަހަރަަށް ފަހު ފުރަތަމަ ފަހަރަށް އެއްޗެއް ކައްކާފަ އެވެ. އަދި އޭނާ ކައްކާދިން ޕާސްތާ އަކީ މިހާތަނަށް މީރާ އަށް ކެވުނު އެންމެ މީރު ޕާސްތާ ކަމާއި މިއީ ވަކި ފިރިމިހާ ވެގެން ނޫންކަމަށް އޭނާ ވަނީ ބުނެފަ އެވެ.
ފިލްމީ ދާއިރާގައި ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ޝާހިދުގެ ކުރިއަށް އޮތް ފިލްމަކީ ތެލުގޫ ފިލްމު "ޖޯޒީ"ގެ ހިންދީ ރިމޭކެވެ. އެންމެ ފަހުން ޝާހިދު ފެނިގެން ދިޔައީ "ކަބީރު ސިންގް" އިންނެވެ. އެ ފިލްމަށް ބޮޑު ތަރުހީބެއް ލިބުނެވެ.