މާޗު މަހުގެ ދިހަ ވަނަ ދުވަހު މެދު ކަނޑާލުމަށް ފަހު، ރޭ އަލުން ލަލީގާ ފެށިއިރު، ފުރަތަމަ މެޗު ގައި ރެއާލް ބެޓިސްގެ މައްޗަށް ސެވިއްޔާއިން ކުރި ހޯދީ ދެ ލަނޑު ސުން ލަނޑުންނެވެ. ސެވިއްޔާގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ލޫކަސް އޮކަމްޕޮސް އަދި ފެނާންޑޯއެވެ. ދެ ލަނޑުވެސް ދެވަނަ ހާފުގައި ފެނިގެން ދިޔައިރު ފުރަތަމަ ލަނޑަކީ ޕެނަލްޓީއެކެވެ.
ޔޫރަޕުގައި ފުޓްބޯޅަ ގިނަ ދުވަސްތަކަކަށް މެދު ކަނޑާލާފައި އޮތުމަށް ފަހު މިހާރު އަލުން ފަށާފައިވާއިރު، ސްޕެއިންއަކީ ދެވަނަ އަށް ފުޓްބޯޅަ ފެށި ގައުމެވެ. ފުރަތަމަ ފެށީ ޖަރުމަނުންނެވެ. އަންނަ ހަފުތާ ތެރޭ އިނގިރޭސިވިލާތުން ފަށާއިރު މި މަހުގެ ތެރޭގައި އިޓަލީގައިވެސް އަލުން ފުޓްބޯޅަ ފެށޭނެއެވެ. ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ސްޕެއިންގައިވެސް ފެށުނީ ސަޕޯޓަރުން ނުވައްދައެވެ. އަދި ރޭގެ މެޗުގައި ދެ ޓީމުންވެސްވަނީ ފަސް ކުޅުންތެރިން ބަދަލުކޮށްފައެވެ.
ކޮވިޑާ ގުޅިގެން މެދު ކަނޑާލުމަށް ފަހު އަލުން ފެށުނު މެޗުގައި ހޯދި މޮޅާއި އެކު ސެވިއްޔާ އޮތީ ފަންސާސް ޕޮއިންޓް ހަމަކޮށްގެން ތާވަލުގެ ތިންވަނަ މަގާމުގައެވެ. އެއްވަނައިގަ ބާސާ އޮތް އިރު ދެވަނައިގަ އޮތީ ރިއަލް މެޑްރިޑެވެ.