ކޮވިޑާއި ގުޅިގެން އިޓަލީގެ ފުޓްބޯޅަ މެދު ކަނޑާލާފައި އޮތުމަށް ފަހު، އަލުން ފަށާނީ މިރޭ ޔުވެންޓަސްއާއި އޭސީ މިލާން ވާދަކުރާ އިޓަލިއަން ސުޕާކަޕުގެ ސެމީ ފައިނަލްގެ ދެވަނަ ލެގުންނެވެ. މި ދެ ޓީމު ފުރަތަމަ ލެގުގައި ވާދަކުރި މެޗު ނިމުނީ އެކެއް އެކަކުން އެއްވަރު ވެގެންނެވެ. ސެމީ ފައިނަލުގެ ދެ ވަނަ މެޗުގައި މާދަމާ ރޭ ނަޕޯލީ ނުކުންނާނީ އިންޓަ މިލާނާ ދެކޮޅަށެވެ. މިދެ ޓީމު ފުރަތަމަ ލެގުގެ މެޗު އެކެއް ސުމަކުން ކާމިޔާބުކޮށްފައިވަނީ ނަޕޯލީއެވެ.
އިޓަލިއަން ކަޕުގެ ފައިނަލް މެޗުވެސް އަންނަ ހަފުތާގައި ކުޅޭނެއެވެ. ލީގުގެ ކުޅުން ފަށާނީ ކަޕު ނިންމާފައެވެ.