ads
ގެއްލުން ލިބުނު ކާރު---
ހުޅުމާލޭގައި ޕާކް ކޮށްފައި އޮތް ކާރަކަށް ބޮޑެތި ގެއްލުންތަކެއް ދީފި
ހުޅުމާލޭގައި ޕާކް ކޮށްފައި އޮތް ކާރަކަށް ބޮޑެތި ގެއްލުންތަކެއް ދިން މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.

އެނގިފައިވާ ގޮތުގައި ހުޅުމާލޭ 105 ފްލެޓް ކައިރީ ޕާކް ކޮށްފައި އޮތް ކާރަށް ރޭ ދިން ގެއްލުންތަކުގެ ތެރޭގައި ފަހަތު ބިއްލޫރިގަނޑުގެ އިތުރުން، ވިޑް ޝީލްޑް ވަނީ ތަޅާލާފަ އެވެ. އޭގެ އިތުރުން ފަހަތު ދެ ޓެއިލް ލައިޓް ވެސް ވަނީ ތަޅާލައިފަ އެވެ.

ރާއްޖޭގައި މަދުން ނޫނީ ނުގެންގުޅޭ ސުބަރޫ އެކްސްވީ ހައިބްރިޑް މޮޑަލްގެ އެ ކާރަށް ގެއްލުން ދިނީ ކޮން ބަޔަކު ކަމެއް، އަދި ކޮން ސަބަބަކާ ހުރެ ކަމެއް ނޭނގޭ ކަމަށް ޝިހާދު، ޓްވިޓާގައި ބުނެފައި ވެއެވެ. އޭނާ ބުނީ، ދުވަހަކު ވެސް މީހަކަށް ގެއްލުން ދީފައި ނުވާއިރު ކާރަށް އެހާ ބޮޑު ގެއްލުމެއް ދޭން ޖެހުނު ސަބަބު ނުވިސްނޭ ކަމަށެވެ.

ޝިހާދުގެ ޓްވީޓާއި އެކު އެތައް ބައެއްގެ ސަމާލުކަން އެކަމަށް ލިބި، އެތައް ބަޔަކު އަންނަނީ އެ މައްސަލަ ވީހާވެސް އަވަހަކަށް ބަލައި، އެކަން ކުރިބަޔަކު ހޯދުމަށް އަޑުއުފުލަމުންނެވެ. ފުލުހުން ބަލަމުން އަންނަ އިރު، އެކަމުގެ އިތުރު ތަފްސީލެއް އަދި ނުލިބެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް