ads
މާލެ މަގުމަތީ ފުލުހުން ޓްރެފިކް ބަލަހައްޓަނީ
ލޮކްޑައުންއާ ހިލާފުވެގެން 9000 އަށް ވުރެ ގިނަ މީހުން ޖޫރިމަނާކޮށްފި
ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން މާލެ ސަރަހައްދުގައި އިއުލާންކޮށްފައިވާ ލޮކްޑައުންއާ ހިލާފުވެފައިވާ 9000 މީހުން ޖޫރިމަނާ ކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް މިދިޔަ އޭޕްރީލް މަހުގެ 15 ވަނަ ދުވަހު މާލެ ސަރަހައްދު ލޮކްޑައުންކުރިއިރު މިހާތަނަށް ލޮކްޑައުންއާ ހިލާފުވެފައިވާ 9068 މީހަކު ޖޫރިމަނާ ކޮށްފައިވާ ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސްއިން ބުނެ އެވެ.

އެގޮތުން، ޖުމްލަ 8095 މީހުން މާލެއިން މިހާތަނަށް ޖޫރިމަނާ ކޮށްފައިވާއިރު، 833 މީހަކު ވަނީ ހުޅުމާލެ އިން ޖޫރިމަނާ ކޮށްފަ އެވެ. އަދި ޖުމްލަ 140 މީހަކު ވިލިމާލެއިން ޖޫރިމަނާ ކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ފުލުހުން އިތުރަށް ބުނީ، މާލެ ސަރަހައްދުގައި އިއުލާންކޮށްފައިވާ ލޮކްޑައުންއާ ހިލާފުވެގެން އިއްޔެ އެކަނި ވެސް 153 މީހަކު ޖޫރިމަނާ ކޮށްފައިވާ ކަމަށެވެ. އެގޮތުން، ޖޫރިމަނާ ކޮށްފައިވާ މީހުންގެ ތެރެއިން 132 މީހަކު މާލެ ސިޓީން ޖޫރިމަނާ ކޮށްފައިވާއިރު، ހުޅުމާލެއިން ވަނީ 21 މީހަކު ޖޫރިމަނާ ކޮށްފަ އެވެ.

އޭގެ އިތުރުން، ލޮކްޑައުންއާ ހިލާފުވެގެން އިއްޔެ އެކަނި އަށް މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށާއި، 101 މީހަކު އަދިވެސް ފުލުހުންގެ ބެލުމުގެ ދަށުގައި އެބަ ތިބި ކަމަށް ވެސް ފުލުހުން ބުނެ އެވެ. 

މިހާތަނަށް ލޮކްޑައުންއާ ހިލާފުވެފައިވާ 597 މީހުން ގްރޭޓާ މާލެ ސަރަހައްދުން ވަނީ ހައްޔަރުކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް