ads
މެސީ ވަނީ ރޭ ފަހު ވަގުތު ލަނޑެއް ޖަހާފައި
މެސީގެ ލަނޑާވެސް އެކު ބާސާއަށް ބޮޑު މޮޅެއް
ފަހު ވަގުތުގައި މެސީ ޖެހި ލަނޑާއި އެކު ބޮޑު ތަފާތަކުން މަޔޯކާގެ މައްޗަށް ބާސެލޯނާއިން ކުރި ހޯދައިފިއެވެ. ބާސާއިން މި މެޗު ކާމިޔާބުކުރީ ހަތަރު ލަނޑު ސުން ލަނޑުންނެވެ.

ކޮވިޑްއާ ގުޅިގެން މެދު ކަނޑާލާފައިވާ ސްޕެއިންގެ ފުޓްބޯޅަ އަލުން ފަށާފައިވާއިރު، ބާސެލޯނާގެ މެޗު މި ކުޅެވުނީ އެ ޓީމުން މެޗެއް ނުކުޅޭތާ ތިން މަހަށްވުރެ ގިނަ ދުވަސް ފަހުންނެވެ. ރޭގެ މެޗު ފަށައިގެން ކުޑަ އިރުކޮޅެއްގެ ތެރޭގައި ބާސާއަށް ކުރި ހޯދައިދިނީ ވިޑާލްއެވެ. މެސީގެ ގޯލް ފެނިގެން ދިޔައީ މެޗުގެ އިތުރު ވަގުތު ތެރޭގައެވެ. މިއީ ލީގުގައި މެސީ ޖެހި ވިހި ވަނަ ގޯލެވެ. އަނިޔާގެ ސަބަބުން ގިނަ ދުވަސްތަކެއް ވަންދެން ކުޅުމާއި ދުރުގައި ހުރި ސުއަރޭޒްވެސް ރޭ ވަނީ ކުޅެފައެވެ.

ރޭގެ ނަތީޖާއާއި އެކު ބާސާ އެއްވަނައިގަ އޮތީ ފަސް ޕޮއިންޓްގެ ފަރަގަކާ އެކު އެވެ. އަށާވީސް މެޗުން ފަސްދޮޅަސް އެއް ޕޮއިންޓް ބާސާއިންވަނީ ހޯދާފައެވެ. ދެވަނައިގަ އޮތް ރިއަލް މެޑްރިޑަށް ހަތާވީސް މެޗުން ލިބިފައިވަނީ ފަންސާސް ހަ ޕޮއިންޓެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް