އިޓާލިއަން ކަޕުގެ ސެމީ ފައިނަލް ފަހު މެޗުގެ ދެވަނަ ލެގު ރޭ ނިމުނީ އެކެއް އެކަކުން ނަޕޯލީއާ އިންޓަމިލާން އެއްވަރު ވެގެންނެވެ. އެހެންނަމަވެސް މި ދެ ޓީމުގެ ފުރަތަމަ ލެގު އެއް ލަނޑުން ނަޕޯލީ ކާމިޔާބުކޮށްފައިވާތީ، ދޭއް އެކެއްގެ އެގްރިގޭޓް ނަތީޖާއިން ނަޕޯލީއަށް ކުރި ލިބުނީއެވެ. ފައިނަލްގެ ފުރަތަމަ ޖާގަ ހޯދާފައިވަނީ ޔުވެންޓަސްއިންނެވެ. ޔުވެންޓަސް ފައިނަލަށް ދިޔައީ އޭސީ މިލާން ބަލިކޮށްގެނެވެ.
އިޓާލިއަން ކަޕުގެ ފައިނަލްގައި ޔުވެންޓަސްއާ ނަޕޯލީ ވާދަ ކުރާ މެޗު އޮންނާނީ ބުދަ ދުވަހުގެ ރޭއެވެ.