ads
ޝާހް އާއި ރާނީ
ޝާހް އާއި އެކު މަސައްކަތްކުރުމަކީ އެންމެ ގަޔާވާ އެއް ކަންތައް: ރާނީ
ޝާހް ރުކް ހާން އާއި އެކު މަސައްކަތް ކުރުމަކީ އެންމެ ގަޔާވާ އެއް ކަންތައް ކަމަށް ރާނީ މުކަރްޖީ ބުނެފި އެވެ.

ޝާހް އާއި ރާނީ ލީޑް ރޯލުން ފެނިގެންދާ ޗާލްތޭ ޗަލްތޭ ރިލީސް ކުރިތާ 17 އަހަރު ފުރުމުން އެ ފިލްމުގެ ހަދާންތައް އާ ކުރަމުން ރާނީ ވަނީ އެ ފިލްމުގައި ވެސް ޝާހް އާއި އެކު މަސައްކަތް ކުރަން ލިބުމުން ވަރަށް އުފާވި ކަމަށް ބުނެފައެވެ. 

ޝާހް އަކީ އޭނާ އަބަދުވެސް އެކުގައި މަސައްކަތްކުރާ ހިއްވާ މީހެއް ކަމަށާއި ޗަލްތޭ ޗަލްތޭ އަކީ ޝާހް ގެ ޕްރޮޑަކްޝަން އެއް ކަމަށް ރާނީ ވަނީ ފާހަގަ ކޮށްފަ އެވެ. 

your imageޝާހް އާއި ރާނީ--

ރާނީ ވަނީ އެ ފިލްމުގެ ޝޫޓިންތައް ފުރިހަމަ ކުރުމަށް ގްރީސް އަށް ދިޔަކަން ފާހަގަ ކޮށް އެއީ އޭނާ ގްރީސް އަށް ދިޔަ ފުރަތަމަ ފަހަރުކަން ވެސް ފާހަގަ ކޮށްފަ އެވެ. އަދި އެ ފިލްމުގެ އައުޓްޑޯ ޝޫޓިންތައް ކުރިއަށް ގެންދިޔަ ތަންތަނުގެ ރީތި ވާހަކަވެސް ރާނީ ވަނީ ދައްކާފަ އެވެ. 

ޗަލްތޭ ޗަލްތޭ އަކީ ދެ ލޯބިވެރިން ކައިވެނިކޮށް އެކުގައި އުޅެމުން ދަނިކޮށް ދިމާވާ ގިނަ ހިޔާލުތަފާތުވުން ތަކެއްގެ ސަބަބުން ދުރުވާންޖެހި ގުޅުން ރޫޅިގެންދާ މަންޒަރު ދައްކައިދޭ ފިލްމެ ކެވެ. އެ ފިލްމު ރިލީސް ކޮށްފައި ވަނީ 2003 ވަނަ އަހަރުގެ ޖޫން މަހުގެ 12 ވަަނަ ދުވަހު އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް