ފުލުހުން ބުނި ގޮތުގައި އެ ވެލާތައް ރަށު ތެރެއިން ފެނިފައި ވަނީ ރޭގެ ވަގުތެއްގަ އެވެ. އަދި އެ ވެލާތައް އެ ރަށުގެ ފުލުހުން ވަނީ ރައްކާތެރި ކަމާ އެކު ރަށުތެރެއިން ނަގާފަ އެވެ.
ވެލާތައް ބާލިދީ އެއްގައި ގެންގޮސް މޫދަށް ދޫކޮށްލާފައި ވަނީ މިއަދުގެ ވަގުތެއްގަ އެވެ.
ފުލުހުން ވަނީ ވެލާތައް ދޫކޮށްލި ވީޑިއޯ ޓްވިޓާ ގައި ހިއްސާ ކޮށްފަ އެވެ.
މިގޮތަށް ފުލުހުން އަމަލު ކުރުމުން އާންމުންގެ ގިނަ ބަޔަކު ވަނީ ފުލުހުންނަށް ތައުރީފު ކޮށް ޝުކުރު އަދާކޮށްފަ އެވެ.