ads
ތިމަރަފުށި ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒު -- ފޮޓޯ: މަޖިލިސް
ހަތް ދުވަސް ޖެހުމުން އިސްތިއުނާފު ކުރަން ރިޔާޒް ގޮވާލައްވައިފި
އެގާރަ އަހަރުގެ ކުއްޖާ ރޭޕްކުރި މައްސަލައިގައި ހައްޔަރުކުރި މީހާގެ ބަންދަށް ހަތް ދުވަސް ޖެހުމުން އެ މައްސަލަ އިންތިއުނާފު ކުރުމަށް ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު ގޮވާލައްވައިފި އެވެ.

ގެސްޓު ހައުސްއެއްގައި 11 އަހަރުގެ އަންހެން ކުއްޖަކު ރޭޕްކުރި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި ހއ. ބާރަށް، ސިލްސިލާގެ، އަނީސް ހިލްމީގެ މައުލޫމާތު މިހާރު ވަނީ އާންމުކޮށްފަ އެވެ. އެގޮތުން މި މަހުގެ 10 ވަނަ ދުވަހު ހުށަހެޅުނު އެ މައްސަލައިގަ ކޯޓު އަމުރެއްގެ ދަށުން އިއްޔެ ރޭ 22:13 ހާއިރު އޭނާ ދިރިއުޅޭ ގޭގައި ހުއްޓާ ފުލުހުން ވަނީ އޭނަ ހައްޔަރުކޮށްފަ އެވެ. 

އެ މައްސަލައިގައި ޝަރީއަތް ނިމެންދެން އެމީހާ ބަންދުގައި ބެހެއްޓުމަށް އެދުމުން ކޯޓުން އޭނާގެ ބަންދަށް ދީފައިވަނީ ހަތް ދުވަހެވެ.

އެ މައްސަލައާ ގުޅިގެން ރިޔާޒު ވިދާޅުވީ އެ މައްސަލައަކީ ސީރިއަސް މައްސަލެއްކަމަށާއި ކުޑަ ކުއްޖާ ރޭޕްކުރި މައްސަލައިގައި ހައްޔަރުކުރި މިހާ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އެދުމުން ހަތް ދުވަސް ޖަހާފައިވުމުން އެ މައްސަލަ އިސްތިއުނާފުކުރުމަށް އިލްތިމާސް ކުރާކަމަށެވެ.


ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ހާއްސަ އުސޫލުތަކަަކަށް އަމަލުކުރުމުގެ ގާނޫނުގެ ދަށުން، ތަހުގީގުގެ މަރުހަލާއާއި ޝަރީއަތުގެ މަރުހަލާ ނިމެންދެން މައްސަލައިގައި ތުހުމަތު ކުރެވޭ އަނީސް ހިލްމީ، ބަންދުގައި ބެހެއްޓުމުގެ އަމުރެއް ހޯދުމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު އެދިވަޑައިގަތެވެ. އެކަމަކު އެމީހާ ބަންދުގައި ބަހައްޓަން ކޯޓުން މުއްދަތު ޖެހީ އެންމެ ހަތް ދުވަހަށެވެ.

މި މައްސަލައިގައި ޝަރީއަތް ނިމެންދެން އެމީހާ ބަންދުގައި ބެހެއްޓުމުގެ އަމުރެއް ކޯޓުން ނުދިނުމުން ސޯޝަލް މީޑިއާގައި ގިނަބަޔަކު އަންނަނީ އެކަމުގެ ނުރުހުން ފާޅުކުރަމުންނެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ ފަރާތްތަކާއި، ކުޑަކުދިން ރޭޕްކޮށް ބްލެކްމެއިލްކޮށް، ގްރޫމްކުރުވައިގެން ކުށްކުރުމުގައި ކުދިން ބައިވެރިކުރުވާ އަދި ކުޑަކުދިންގެ ކަރާމާތަށް އުނިކަން އަންނަ ގޮތަށް އަމަލުކުރާ ފަރާތްތަކާމެދު ގާނޫނީގޮތުން އެޅެން އޮންނަ އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ބުނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް