މެސީއާ އެކު ފޮޓޯއެއް ނަގަން ދަނޑަށް އެރި އެ ޒުވާނާ ހުރީ އާޖެންޓީނާގެ ޖޯޒީއެއް ލައިގެން، ފަހަތުގައި ދިހަ ނަންބަރާއެކު މެސީގެ ނަން ޖަހައިގެންނެވެ. މެސީއާ ދިމާލަށް ދިޔުމުގެ ކުރިން ފޯން ހިފައިގެން މި ޒުވާނާ އެންމެ ފުރަތަމަ ދިޔައީ ޖޯޑީ އަލްބާއާ ދިމާލަށެވެ. ސެކިއުރިޓީން އޭނާ ހިފަހައްޓައި ދަނޑުން ނެރުނު ފަހުން އޭނާވަނީ އެ ކަން ހިނގައިދިޔަ ގޮތް ކިޔައިދީފައެވެ.
ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ސަޕޯޓަރުން ނުވައްދާ ކުޅެމުން ދިޔަ މި މެޗުގެ އޭނާ ދަނޑަށް އެރީ ފަންސާސް ދެވަނަ މިނިޓްގައެވެ. މި މެޗު ހަތަރު ލަނޑު ސުން ލަނޑުން ކާމިޔާބުކުރީ ބާސެލޯނާއެވެ. މި މެޗުގައި މެސީ ގޯލުވެސް ޖެހިއެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;