ދިރާގުން ސާއިދަށް އެއްލައްކަ ރުފިޔާ އާއި ފައިވްޖީ ފޯނެއް
13 ޑިސެމްބަރ 2019 - 16:16:26
ނޭޕާލްގައި ކުރިއަށްދާ ސައުތު އޭޝިއަން ގޭމްގައި 100 މީޓަރު ދުވުމުން ހަސަން ސާއިދު ރަން މެޑަލް ހޯދުމުން ދިރާގުން ސާއިދަށް 100000 ރުފިޔާ އާއި ފައިވްޖީ ފޯނެއް ހަދިޔާ ކޮށްފިއެވެ.

ސާއިދުއަށް ފައިސާގެ އިނާމާއި ފޯނު ހަވާލުކޮށްފައިވަނީ ސާއިދުއަށް މަރުހަބާ ކިޔުމުގެ ގޮތުން ދިރާގުން ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. އެރަސްމިއްޔާތުގައި ދިރާގުގެ މެނޭޖުމެންޓާއި ދިރާގުގެ މުވައްޒިފުން ވަނީ ބައިވެރިވެފައެވެ.
ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ދިރާގުގެ ސީނިއާ މެނޭޖާ ބްރޭންޑް އެންޑް ކޮމިއުނިކޭޝަން މުހައްމަދު މިރުޝާން ހަސަން ވިދާޅުވީ، ސައީދު ދިރާގުގެ ބްރޭންޑް އެމްބެސެޑަރުގެ މަގާމުގައި ހުންނަތާ މިހާރު ހަތަރު އަހަރު ވެއްޖެ ކަމަށެވެ. އެގޮތުން ސާއިދު އެމްބެސެޑަރު ކަމުގައި ހުރުމަކީ ކުންފުންޏަށް ލިބިދޭ ފަހުރެއް ކަމަށް ިރުޝާން ވިދާޅުވިއެވެ.
މިރުޝަން އިތުރަށް ވިދާޅުވީ، ސައީދަށް އެލިބުނު ކާމިޔާބީއަކީ އޭނާ ކުރި ހިތްވަރާއި ބުރަ މަސައްކަތުގެ ނަތީޖާ ކަމަށެވެ.
ސާއިދް އަކީ ސައުތު އޭޝިއަން ގޭމްސްގެ 35 އަހަރުވީ ތާރީހްގައި ރާއްޖެއަށް ފުރަތަމަ ރަން މެޑަލެއް ހޯދައިދިން އެތްލީޓެވެ. އެ މުބާރާތުގައި ސާއިދް ވަނީ 200 މީޓަރުގެ ދުވުމުން ބުރޯންޒް މެޑަލް ވެސް ހޯދައިފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް