ކޮވިޑާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ސަޕޯޓަރުން ނުވައްދައި ކުޅުނު މި މެޗުގެ ކުރީކޮޅު ރިއަލް މެޑްރިޑަށް ކުރި ހޯދައިދިނީ ޓޯނީ ކްރޫޒްއެވެ. އޭނގެ ފަހުން ސާޖިއޯ ރާމޯސްއާއި މާސެލޯވެސްވަނީ ރިއާލްއަށް ލަނޑު ޖަހާދީފައެވެ. އެއިބާގެ ހަމަ އެކަނި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ދެ ވަނަ ހާފުގައި ޕެޑްރޯ ބިގާސްއެވެ. އަނިޔާއިން ފަސޭހަވެ، ރިއާލްގެ ހަޒާޑް މި މެޗުގައި ކުޅުނެވެ.
އާދިއްތަ ދުވަހުގެ މި ނަތީޖާއާއި ރިއާލް މެޑްރިޑުންވަނީ ބާސެލޯނާއާއި ދެމެދު އޮތް ފަރަގު ދެ ޕޮއިންޓަށް ކުޑަ ކޮށްފައެވެ. ބާސެލޯނާ އެއްވަނައިގައި އޮތީ ފަސްދޮޅަށް އެއް ޕޮއިންޓާ އެކުއެވެ. ފަންސާސް ނުވަ ޕޮއިންޓާ އެކު ރިއާލް މެޑްރިޑް ދެވަނައިގައި އޮތް އިރު ފަންސާސް ޕޮއިންޓާ އެކު ތިންވަނަ މަގާމުގައި އޮތީ ސެވިއްޔާއެވެ.