މި އިންތިހާބު ބާއްވައިފައި ވަނީ ނިއު ނޯމަލްގެ އުސޫލާއި އެއްގޮަަތަށް ކޮވިޑް-19 އާއި އެކު ދިރިއުޅުން ބައްޓަން ކުރުމުގައި މި ބަލިން ރައްކާތެރިވުމަށް އަޅަން ޖެހޭ ފިޔަވަޅުތަކާއި އެކުއެވެ.
މޮކް އިންތިހާބެއް ބާއްވައިފައި ވަނީ ބަލި ފެތުރިގެން ދިއުމުގެ ފުރުސަތު ކުޑަކުރުމަށްޓަކައި ވޯޓުލާ މަރުކަޒުތަކުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅިފައިހުރި މިންވަރު ބެލުމުގެ ގޮތުންނެވެ. އަދި އާފިޔަވަޅުތަކަށް މީހުން ހޭލުންތެރި ކުރުމަށާއި ވޯޓު ލާން އިތުރު ގަޑި ބޭނުންތޯ ބެލުމަށްޓަކައި ކަމަށް ސްރީ ލަންކާގެ ސަރުކާރުން ބުނެފައިވެއެވެ.
ކޮވިޑް-19 ގެ ބަލިމަޑުކަމާއި އެކު ފަސްކުރެވިފައިވާ ސްރީ ލަންކާގެ އާންމު އިންތިހާބު ބޭއްވުމުގެ ހުއްދަ ސިއްހީ އިދާރާތަކުން މިހާރު ވަނީ ދީފައެވެ. އެގޮތުން އެންމެ ފުރަތަމަ އިންތިހާބު ބޭއްވުމަށް ހަމަޖެއްސި ތާރިހަކީ އޭޕްރިލް 25 އެވެ. އެއަށްފަހު ޖޫން 20 އެވެ. ނަމަވެސް ބަލި ކޮންޓްރޯލް ނުވުމާއި ގުޅިގެން އިންތިހާބު މިހާރު ވަނީ އޮގަސްޓް މަހުގެ 5 ވަނަ ދުވަހަށް ފަސްކުރެވިފަ އެވެ.
21 މިލިއަން މީހުން ދިރިއުޅޭ ސްރީ ލަންކާގައި ބަލި ކޮންޓްރޯލް ކުރުމަށްޓަކައި ހަރުކަށި ފިޔަވަޅުތަކެއް އެޅިފައި ވީނަމަވެސް މިހާރު ވަނީ އެފިޔަވަޅުތަކަށް ލުޔެއް ދީފައެވެ.