ads
ޕީޖީ ހުސައިން ޝަމީމް--
ލޮކްޑައުންގައި ޖިންސީ ގޯނާގެ 46 މައްސަލައެއްގައި ދައުވާކޮށްފި
ކޮވިޑް19 އާއި ގުޅިގެން ލޮކްޑައުން ކޮށްފައި އޮތް އިރު ޖިންސީ ގޯނާގެ 46 މައްސަލައެއްގައި ދައުވާ ކޮށްފައިވާކަމަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމް ވިދާޅުވެއްޖެ އެވެ.

ޕީޖީ ޝަމީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ޖިންސީ ގޯނާގެ އެކި މައްސަލަތައް އޭޕްރިލް، މޭ އަދި ޖޫންގައި ކޯޓަށް ހުށަހަޅާފައިވާކަމަށެވެ. އެގޮތުން މޭ މަހު 28 މައްސަލަ އެއް، އޭޕްރިލް މަހު 15 މައްސަލައެއް އަދި މި ހިނގާ ޖޫން މަހުގެ މިހާތަނަށް ތިން މައްސަލައެއް ފޮނުވާފައިވާކަން ފާހަގަކޮށްފައިވެއެވެ. 

ދައުވާ ކުރުމަށް ފޮނުވި މައްސަލަ ތަކުގެ ތެރޭގައި ހިމެނެނީ ޖިނާއީ ކުށެއް ކުރުމުގައި ކުޑަކުއްޖަކު ބޭނުންކުރުމުގެ ކުށާއި، ޖިންސީ އަމަލެއް ހިންގަން އެދުމުގެ ކުށާއި، ޖުންސީ އަމަލެއް ހިންގުމަށް ގެއަކަށް ވަނުމާއި، ޖިންސީ ގޯނާ ކުރުމުގެ އިތުރުން ޖިންސީ ގޯނާކުރަން އުޅުމުގެ ކުށެވެ.  

ޕީޖީ ޝަމީމް ވިދާޅުވެފައިވަނީ މައްސަލަތަކުގައި ތުހުމަތު ކުރެވޭ މީހުންގެ އެވްރެޖް އުމަރަކީ 35 އަހަރު ކަމަށެވެ. އަދި އެވްރެޖް ކޮށް މައްސަލައެއްގެ ތަހުގީގު ނިންމުމަށް ފުލުހުންނަށް 88 ދުވަސް ނަގާކަމަށާއި، އަދި އެވްރެޖް ކޮށް ތިން ދުވަސްތެރޭގައި ޕީޖީއަށް މައްސަލައިގައި ދައުވާ ކުރެވޭކަމަށް ވިދާޅުވި އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް