ads
އެލެކްސިސް ސަންޗޭޒް
ސަންޗޭޒްއާ މެދު ގޮތެއް ނިންމަން ޔުނައިޓެޑާ އިންޓަރ މިލާން މަޝްވަރާއަށް
ލޯނު އެއްބަސްވުމެއްގެ ދަށުން އިންޓަރ މިލާނަށް ދޫކޮށްފައިވާ އެލެކްސިސް ސަންޗޭޒްގެ ލޯނާ މެދު ގޮތެއް ނިންމުމަށް މެންޗެސްޓަރ ޔުނައިޓެޑާ އިންޓަރ މިލާން މަޝްވަރާ ކުރަން ފަށައިފިއެވެ. ސަންޗޭޒްގެ ލޯންގެ މުއްދަތު ހަމަވާނީ މި މަހުގެ ނިޔަލަށެވެ.

ކޮވިޑާ ގުޅިގެން އިޓަލީގެ އަދި އިނގިރޭސިވިލާތުގެވެސް ފުޓްބޯޅަ ސީޒަން ދިގުލައިގެން ގޮސްފައިވާއިރު، މި މަހުގެ ނިޔަލަށް ސަންޗޭޒްގެ ލޯނު އެއްބަސްވުމުގެ މުއްދަތު ހަމަވާނެއެވެ. އެހެންކަމުން، ލޯނުގެ މުއްދަތު، ދިގުލާފައިވާ ސީޒަންގެ ނިޔަލަށް އިތުރު ކުރުމާއި ބެހޭ ގޮތުން އިންޓަރ މިލާނުން އަންނަނީ ޔުނައިޓެޑާ ވާހަކަ ދައްކަމުންނެވެ.

ކުރިން ބެލެވުނު ގޮތުގައި އިންޓަރމިލާނުން ސަންޗޭޒްގެ ލޯނުގެ މުއްދަތު އިތުރު ކުރާކަށް ބޭނުމެއް ނުވެއެވެ. އެހެންނަމަވެސް ސީޒަން ދިގުލައިގެން ދިޔުމާއި ގުޅިގެން ސީޒަންގެ ނިޔަލަށް ލޯނުގެ މުއްދަތު އިތުރުކުރަން އިންޓަރއިންވެސް ބޭނުންވީއެވެ. މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ލޯނުގެ މުއްދަތު އިތުރު ކުރެވުމާއި ގުޅޭ ގޮތުން ޔުނައިޓެޑާ އެކު އެއްބަސްވުމަކަށް އާދެވިއްޖެ ނަމަ، އަދި ސީޒަންގެ ފަހުކޮޅުގައި ސަންޗޭޒްގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިއްޖެ ނަމަ ދާއިމީ ކޮންޓްރެކްޓެއް ހުށަހަޅަންވެސް އިންޓަރ މިލާނުން ޝައުގުވެރިކަން ފާޅުކޮށްފާނެއެވެ.

އުމުރުން އެއް ތިރީސް އަހަރުގެ ސަންޗޭޒްވަނީ އިންޓަރ މިލާނަށް ސޯޅަ މެޗު ކުޅެފައެވެ. ސޯޅަ މެޗުގައި އޭނާއަށް ޖެހިފައިވަނީ އެންމެ ގޯލެކެވެ. ސަންޗޭޒް، ޔުނައިޓެޑަށް ސޮއިކުރީ 2018 ވަނަ އަހަރުގެ ޖެނުއަރީ މަހުއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް