ads
ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގް--
ކުއްލި ނުރައްކަލުގެ ހާލަތުގައި މަސައްކަތްކުރާ ރިސޯޓް މުވައްޒަފުންނަށް ރިސްކް އެލަވަންސް ލިބެންޖެހޭ: މެމްބަރު ޝަފީޤް
ކުއްލި ނުރައްކަލުގެ ހާލަތުގައި މަސައްކަތްކުރާ ރިސޯޓް މުވައްޒަފުންނަށް ރިސްކް އެލަވަންސް ލިބެންޖެހޭ ކަމަށް ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގް ވިދާޅުވެއްޖެ އެވެ.

މިނިސްޓްރީ އޮފް ޓޫރިޒަމުން އެކުލަވާލި "މޯލްޑިވްސް ސޭފް ޓޫރިޒަމް ގައިޑްލައިން"، އިޤްތިސާދީ ކޮމިޓީން ދިރާސާ ކޮށް ނިންމިގޮތުގެ ރިޕޯޓުގެ ބަހުސްގައި ވާހަކަ ދައްކަވަމުން މެމްބަރު ޝަފީޤް ވިދާޅުވީ ކޮވިޑް19 އާއި ގުޅިގެން މުޅި ދުނިޔޭގައި ފަތުރުވެރިކަން ހުއްޓިފައިވާކަމަށެވެ. އެގޮތަށް ހުއްޓިފައި އޮތުމަށްފަހު ރާއްޖޭގައި މިކަން ފަށާއިރު ބޮޑެތި ފީތަކެއް ނަގައިފި ނަމަ ވާދަވެރި މާކެޓްގައި ފަތުރުވެރިން ރާއްޖޭގެ ބަދަލުގައި އެހެން މިސްރާބެއް ހިޔާރުކޮށްފާނެ ކަމަށެވެ. 

ރާއްޖެ ފަތުރުވެރިކަމަށް ހުޅުވާލާއިރު ފަތުރުވެރިންނަށާއި ރިސޯޓް މުވައްޒަފުންނަށް ސިއްހީ ރައްކާތެރިކަން ގާއިމު ކުރެވޭނެގޮތައް އުސޫލެއް ކަނޑައަޅަންޖެހޭކަމަށް ވެސް ޝަފީގް ވިދާޅުވި އެވެ. އަދި މިހާލަތުގައި ރިސޯތްތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ރިސްކް އެލެވަންސް ދިނުމަށްވެސް ޝަފީގް ވަނީ ގޮވާލާފައެވެ. 

"މިހާލަތުގައި، ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކޮށްފައި އޮންނަ ހާލަތުގައި ރިސޯޓްތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ރިސްކް އެލަވެންސެއް އޮންނަންޖެހޭ."

ޝަފީގް ވިދާޅުވީ އެފަދަ އެލަވެންސެއް ނެތި މުވައްޒަފުން ވަޒީފާއަށް ނިކުމެއްޖެ ކަމުގައިވާނަމަ މޯޓިވޭޝަނަށް އަަސަރުކުރާނެ ކަމަށް ވެސް ދެކޭކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް