ads
ފޮޓޯ: އެމްއެންޑީއެފް
ނޮދަން އޭރިއާގެ ސިފައިން ދުވާފަރުގައި ހިންގި މޫދު ކަސްރަތު ޕްރޮގްރާމް ނިންމާލައިފި
އެމްއެންޑީއެފް ނޮދަން އޭރިއާއިން ރ.ދުވާފަރުގައި ހިންގި މޫދު ކަސްރަތު ޕްރޮގްރާމް "ދުޅަހެޔޮ ހަށިހެޔޮ" ނިމާލައިފިއެވެ.
އެމްއެންޑީއެފް ނޮދަން އޭރިއާއިން ރ.ދުވާފަރުގައި ހިންގި މޫދު ކަސްރަތު ޕްރޮގްރާމް "ދުޅަހެޔޮ ހަށިހެޔޮ" ނިމާލައިފިއެވެ.

އެ ޕްރޮގްރާމް ނިންމުމުގެ ގޮތުން ދުވާފަރުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑަރ ކާނަލް އިސްމާޢީލް ޝަރީފެވެ. އެ ރަސްމިއްޔާތުގައި ޕްރޮގްރާމް ފުރިހަމަ ކުރި ފަރާތްތަކަށް ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ އެމްއެންޑީއެފް ނޮދަން އޭރިއާގައި މަސައްކަތްކުރައްވާ އޮފިސަރުންނެވެ.

އެ ރަސްމިއްޔާތުގައި ޝަރަފުވެރި މެހުމާން ކާނަލް އިސްމާޢީލް ޝަރީފް ވަނީ ޕްރޮގްރާމުގެ ބައިވެރިންނާ މުޚާތަބު ކުރައްވާ ވާހަކަވެސް ދައްކަވާފައެވެ. 2019 ނޮވެމްބަރު 10 ން ޑިސެމްބަރު 1 ގެ ނިޔަލަށް ދުވާފަރުގައި ހިންގި މޫދު ކަސްރަތު ޕްރޮގްރާމްގައި 150 ފަރާތެއް ބައިވެރިވެފައިވާ ކަމަށް އެމްއެންޑީއެފުން ހާމަކުރެއެވެ.

މީގެ ތެރެއިން 105 ބައިވެރިން ޕްރޮގްރާމް ފުރިހަމަކޮށްފައިވާއިރު ދެމެހެއްޓެނިވި ގޮތެއްގައި މި ޕްރޮގްރާމް ކުރިއަށް ގެންދިއުމަށްޓަކައި 10 ބައިވެރިން ވަނީ ތަމްރީން ކުރެވިފައި ކަމަށާއި މި 150 ބައިވެރިންގެ ތެރެއިން 5 އަހަރުގެ ތުއްތު ކުއްޖަކުވެސް ވަނީ އެ ޕްރޮގްރާމް ފުރިހަމަކޮށްފައި ކަމަށްވެސް އެމްްއެންޑީއެފުން މައުލޫމާތުދެއެވެ.

އެމްއެންޑީއެފް ނޮދަން އޭރިއާ އާއި ދުވާފަރު ސިއްޙީ މަރުކަޒު ގުޅިގެން ކުރިއަށްގެންދިޔަ އެ ޕްރޮގްރާމުގައި، ދުޅަހެޔޮ ޞިއްޙަތެއްގައި ހުރުމަށް ކަސްރަތު ކުރުމުގެ މުހިންމު ކަމާއި، ކަސްރަތުން ލިއްބައިދޭ ފައިދާތަކާއި، ދުޅަހެޔޮ ޞިއްޙަތެއްގައި ހަށިގަނޑު ބައްޓަންކުރަންވީ ގޮތްތައް ދަސްކޮށްދީ، ކަސްރަތު ކުލާސްތައް ވަނީ ކުރިއަށް ގެންގޮސްފައެވެ. އެ ޕްރޮގްރާމްގައި ކުލާސްތައް ނަންގަވައިދެއްވީ އެމްއެންޑީއެފް ނޮދަން އޭރިއާގެ ސިފައިން ކަމަށް އެ މުއައްސަސާއިން ބުނެއެވެ.
0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް