ads
ކަރަން ސިންގް ގްރޯވާ އާއި ގޯރަވް--
ބަޖާޖުގެ ރޯލު އަނެއްކާ ވެސް ބަދަލުވަނީ!
އެކްތާ ކަޕޫރުގެ އެންމެ މަގްބޫލު އެއް ޑްރާމާ، ކަސޯޓީ ޒިންދަގީ ކޭގެ ދެވަނަ ބައިގައި ބަޖާޖުގެ ރޯލުން ކަރަން ސިންގް ގުރޯވާގެ ބަދަލުގައި ދެން ފެނިގެންދާނީ ގޯރަވް ޗޯޕްރާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މީގެ ކުރިން ވެސް ކަރަން ޝޯ ދޫކޮށްލަން އުޅޭކަމުގެ އަޑުތައް ގަދަވި އެވެ. އިންޑިއާގެ ނޫސްތަކުން ރިޕޯޓްކުރާ ގޮތުގައި އޭނާ އެ ޝޯގައި ބަހައްޓަން ޝޯގެ އުފެއްދުންތެރިން މަސައްކަތް ކުރި ނަމަވެސް އެކަން ކާމިޔާބެއް ނުވި އެވެ. 

މިހާރު އަޑުތައް އަރާ ގޮތުގައި އެ ރޯލަށް ޓީވީ އެކްޓަރު ގޯރަވް ނެގުމަށް ވަނީ ނިންމާފަ އެވެ. އެކަމަކު އިންޑިއާގެ ނޫސްތަކަށް ގޯރަވް ބުނީ އެކަމާއި ގުޅިގެން ޝޯގެ އުފެއްދުންތެރިންނާއެކު މަޝްވަރާތަކެއް ކުރެވެމުން އައި ނަމަވެސް އެކަން އަދި ފައިނަލް ނުވާ ކަމަށެވެ. އެހެންކަމުން، އެކަމާއި ގުޅިގެން އިތުރަށް އެެއްޗެއް ބުނަން ބޭނުންނުވާ ކަމަށް ވެސް ބުންޏެވެ.

ގިނަ އަދަދެއްގެ ޓީވީ ޝޯތަކެއްގައި މަސައްކަތްކޮށްފައިވާ ގޯރަވް އެންމެ ފަހުން ފެނިފައި ވަނީ ސްޓާ ޕްލަސް އިން ދައްކާ، ސަންޖިވާނީ އިންނެވެ. އޭނާއަކީ ސްޓާ ބާރަތުން ދައްކާ ސާވްދާން އިންޑިއާ ވެސް ހުށަހަޅައިދޭ ފަރާތެވެ. 

ކަސޯޓީއަކީ ކަރަން ބޮލީވުޑުގައި މަސައްކަތް ކުރުމަށް ޓީވީ ދާއިރާއާ ދުރަށް ޖެހިލުމަށް ފަހު ކުރާ ފުރަތަމަ ޓީވީ ޝޯގެ މަސައްކަތެވެ. އެންމެ ފަހުން އޭނާ ޓީވީ ޝޯއަކުން ފެނުނީ މަގްބޫލު ޑްރާމާ، "ގަބޫލު ހޭ" އިން 2016 ވަނަ އަހަރެވެ.

ދެހާސް އެއްވަނަ އަހަރު އެންމެ ފުރަތަމަ ކަސޯޓީ ދައްކަން ފެށިއިރު ޝޯގެ ފުރަތަމަ ބައިން ޕްރެނާގެ ރޯލުން ފެނިގެން ގޮސްފައި ވަނީ މަޝްހޫރު ތަރި ޝްވެތާ ތިވާރީ އެވެ. އަނުރާގްގެ ރޯލުން ފެނިގެން ގޮސްފައި ވަނީ ސިޒޭން ހާނެވެ. ކޮމޮލިކާގެ ރޯލުން އުރަވަޝީ ފެނިގެންދިޔަ އިރު ބަޖާޖުގެ ރޯލުން ފެނިގެން ދިޔައީ ރޯނިތު ރޯއީ އެވެ.

ޝޯގެ ދެވަނަ ބައިން ޕްރެނާގެ ރޯލުން އެރިކާ ފެނާންޑަޒް ފެނިގެން ދިޔައިރު އަނޫރާގް ގެ ރޯލުން ފެނިގެންދަނީ ޕާރްތު ސަމްތާން އެވެ. އަދި ކޯމޮލިކާގެ ރޯލުން ފެނިގެންދަނީ ހީނާ ހާންއެވެ. ކަސޯޓީގެ ފުރަތަމަ ބައި ފަދައިން ދެވަނަ ބަޔަށް ވެސް އަންނަނީ ބޮޑު ތަރުހީބެއް ލިބެމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް