ads
ނަޕޯލީގެ ކުޅުންތެރިން ތަށްޓާއި އެކު
ޔުވެންޓަސް ބަލިކޮށް ޗެމްޕިއަންކަން ނަޕޯލީއަށް
ޕެނަލްޓީ ޖަހައިގެން ޔުވެންޓަސް ބަލިކޮށް، ކޮޕާ އިޓާލިއާގެ ޗެމްޕިއަންކަން ނަޕޯލީން ހޯދައިފިއެވެ. ނަޕޯލީން ޗެމްޕިއަންކަން ހޯދީ ޕެނަލްޓީގައި 4-2 ން ޔުވެންޓަސް ބަލިކޮށްގެންނެވެ.

ކޮވިޑާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، ސަޕޯޓަރުން ނުވައްދައި، ހުސް ސްޓޭޑިއަމެއްގައި ބުދަ ދުވަހުގެ ރޭ ކުޅުނު މި މެޗުގެ ފުރިހަމަ ވަގުތު ހަމަވި އިރު ދެ ޓީމުން ކުރެ ޓީމަކަށް ލަނޑެއް ނުޖެހެއެވެ. އެހެންކަމުން މެޗުގެ ނަތީޖާ ނެރެން ޖެހުނީ ޕެނަލްޓީ ޖަހައިގެންނެވެ. މިއީ ވޭތިވެދިޔަ އެގާރަ އަހަރުގެ ތެރޭގައި ޕެނަލްޓީ ޖަހައިގެން ކޮޕާ އިޓާލިއާގެ ޗެމްޕިއަން ކަނޑައަޅަން ޖެހުނު ފުރަތަމަ ފަހަރެވެ. އަދި މިއީ މި މުބާރާތް ނަޕޯލީން ކާމިޔާބުކުރި ހަވަނަ ފަހަރުވެސް މެއެވެ.

މި މެޗުގައި ޕެނަލްޓީ ޖަހައިގެން ނަތީޖާ ނެރެން ޖެހުނު އިރު، ޔުވެންޓަސްގެ ތަރި ރޮނާލްޑޯއަށް ޕެނަލްޓީގެ ފުރުސަތު ލިބުމުގެ ކުރިން ޔުވެންޓަސްގެ ދެ ޕެނަލްޓީ ނާކާމިޔާބުވުމާއި އެކު ނަޕޯލީއަށްވަނީ ޗެމްޕިއަންކަން ކަށަވަރު ވެފައެވެ. މިއާއި އެކު މިއީ ވިދި ވިދިގެން ދެ ފައިނަލުން ރޮނާލްޑް ބަލިވި ފުރަތަމަ ފަހަރުވެސް މެއެވެ. ރޮނާލްޑޯވަނީ ޔުވެންޓަސްއާއި އެކު ހުސްވި އަހަރުގެ އިޓާލިއަން ކަޕުގެ ފައިނަލުން ލާޒިއޯ އަތުން ބަލިވެފައެވެ. 

ކޮވިޑާ ގުޅިގެން މެދު ކަނޑާލާފައިވާ އިޓަލީގެ ފުޓްބޯޅަ، ކޮޕާ އިޓާލިއާ ނުވަތަ އިޓާލިއަން ކަޕުން މިހާރު ފެށިފައިވާއިރު، މި ހަފުތާ ބަންދުގައި އިޓަލީ ލީގުވެސް އަލުން ފެށޭނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް