ރޭގެ މެޗުގައި ރެއާލުން ޖެހި ތިން ލަނޑުވެސް ޖަހާފައިވަނީ މެޗުގެ ފަހު ތިރީސް މިނިޓްގެ ތެރޭގައެވެ. ބެންޒެމާ ދެ ލަނޑު ކާމިޔާބުކޮށްދިން އިރު އަނެއް ލަނޑު ޖަހާދިނީ އަސެންސިއޯއެވެ. ރޭގެ ލަނޑުތަކާއި އެކު ބެންޒެމާވަނީ ރެއާލްއަށް އެންމެ ގިނަ ގޯލް ޖެހި ފަސް ކުޅުންތެރިންގެ ތެރޭގައި ހިމެނިފައެވެ.
ރޭގެ ނަތީޖާއާޢި އެކު ރެއާލުންވަނީ އަނެއްކާވެސް އެއްވަނައިގަ އޮތް ބާސާއާ ދެމެދު އޮތް ފަރަގު ދެ ޕޮއިންޓަށް ކުޑަކޮށްފައެވެ. ބާސެލޯނާ އަދި ރެއާލުންވެސް އޮނަތިރީސް މެޗު ކުޅެފައިވާއިރު، ބާސާ ކުރީގައި އޮތީ ފަސްދޮޅަސް ހަތަރު ޕޮއިންޓާ އެކުއެވެ. ރެއާލް މެޑްރިޑަށް ލިބިފައިވަނީ ފަސްދޮޅަސް ދެ ޕޮއިންޓެވެ.