ads
ކަރަން ޖޯހަރު--
އައި ރުޅީގައި ކަރަން ޖޯހަރު، މީހުން އަންފޮލޯކުރަން ފަށައިފި
ބޮލީވުޑުގެ ކުޅަދާނަ ތަރި، ސުޝާންތު ސިންގް ރާޖުޕުތުގެ މަރާއެކު "ނެޕޮޓިޒަމް" ގެ ވާހަކަތައް ދެކެވޭ މިންވަރު އިތުރުވެއްޖެ އެވެ. އެކަމުގެ ތުހުމަތުގެ އިނގިލި ދިއްކުރަމުންދަނީ ކަރަން ޖޯހަރަށެވެ. މިހާރު ސޯޝަލް މީޑިއާގައި އޭނާ އަންފޮލޯކުރުމަށް ގޮވަލައި ކެމްޕެއިން ކުރަމުންދާ މިދަނޑިވަޅުގައި ކަރަން ޖޯހަރު ވެސް މިވަނީ އޭނާ ފޮލޯކުރަމުން އައި މީހުން އަންފޮލޯކޮށްފަ އެވެ.

މިހާރު، އޭނާގެ އޮފިޝަލް ޓްވީޓާ އެކައުންޓުން ފޮލޯކުރަމުންދަނީ އެންމެ އަށް މީހުންނެވެ. އޭގެ ތެރޭގައި ހިމެނެނީ އެންމެ ތިން އެކްޓަރުންގެ އެކައުންޓެވެ. އެއީ އަމީތާބު ބައްޗަން އާއި ޝާހުރުކް ހާން އަދި އަކްޝޭ ކުމާރެވެ. 

މިދަނޑިވަޅުގައި ގިނަ ބަޔަކު އޭނާގެ ޓްވީޓާ އެކައުންޓުން އަންފޮލޯކުރި ނަމަވެސް އިންސްޓަގްރާމުގައި 615 މީހުން ފޮލޯކުރަމުން އެބަދެ އެވެ. 

މީގެ ކުރިން ކޮފީ ވިތު ކަރަންގައި ބައިވެރިވެ، ސުޝާންތުގެ ނަން ބުނުމުން އޭނާ ނުވެސް ދަންނަ ކަމަށް އާލިއާ ބަޓް ހެދުމުން ކަރަންގެ ގާތަށް ހިނި  އަންނަ ވީޑިއޯއެއް މިހާރު ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނައިރު އެމީހުން އަންފޮލޯކުރަން ގޮވާލައި ކެމްޕެއިން ފެށުނު ހިސާބަކީ އެއީ އެވެ. މިހާރު ކަރަން ޖޯހަރު ފޮލޯކުރާ މީހުން، 11 މިލިއަނުން ވެއްޓިފައި ވަނީ 10.5 މިލިއަނަށެވެ.  

ކޮންމެއަކަސް، މިދަނޑިވަޅުގައި ވަރަށް ބޮޑަށް "ނެޕޮޓިޒަމް"ގެ މައްސަލަ ހޫނުވެފައިވާތީ ކަރަންގެ އެންމެ ގާތް މީހުން ވެސް އޭނާގެ ދިފާއުގައި މާބޮޑަށް ނިކުންނަ މަންޒަރެއް ނުފެނެ އެވެ. އެހެންކަމުން، އޭނާގެ އެކައުންޓުން ފޮލޯކުރާ މީހުން މަދުކޮށްލީ ކަމަށް ބެލެވެ އެވެ. 

ކަރަން ވަނީ ފިލްމީ ދާއިރާގައި މަސައްކަތް ކުރާ ގިނަ ބައެއްގެ ދަރިން ފިލްމީ ދާއިރާއަށް ތައާރަފުކޮށްދީފަ އެވެ. އޭގެ ތެރޭގައި އާލިއާ ބަޓް އާއި ވަރުން ދާވަން އަދި އަނަންޔާ ޕާންޑޭ އާއި ޖާންވީ ކަޕޫރު ފަދަ ތަރިން ހިމެނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް