ads
މުމްބާއީ ފިހާރައެއްގެ ބޭރުގައި ފިޔާ ބަސްތާއެއް ބަހައްޓާފައި
ފިޔާގެ އަގުބޮޑުވެ ފިޔާ ވަގަށް ނެގުން އިތުވެއްޖެ
އިންޑިއާއަށް ކުރި ވިއްސާރައާ ގުޅިގެން ފިޔާ ދަނޑުތަކަށް ވަރަށް ބޮޑު ގެއްލުންވެ އެގައުމުގައި ފިޔާގެ އަގު ވަނީ ވަރަށް ބޮޑަށް އުފުލިފަ އެވެ. ބައެއް މީހުން، ރަނުގެ ބަދަލުގައި އަންހެނުންގެ ލޯބި ހޯދުމަށް ވެސް ފިޔާ ދެމުން އަންނައިރު ފިޔާގެ ދަތިކަން ކުރިމަތިވެ ފިޔާ ވަގަށް ނެގުން ވެސް މިވަނީ އާންމުވެފަ އެވެ.
Advertisement
އިންޑިއާއަށް ކުރި ވިއްސާރައާ ގުޅިގެން ފިޔާ ދަނޑުތަކަށް ވަރަށް ބޮޑު ގެއްލުންވެ އެގައުމުގައި ފިޔާގެ އަގު ވަނީ ވަރަށް ބޮޑަށް އުފުލިފަ އެވެ.

ބައެއް މީހުން ރަނުގެ ބަދަލުގައި އަންހެނުންގެ ލޯބި ހޯދުމަށް ވެސް ފިޔާ ދެމުން އަންނައިރު ފިޔާގެ ދަތިކަން ކުރިމަތިވެ ފިޔާ ވަގަށް ނެގުން ވެސް މިވަނީ އާންމުވެފަ އެވެ.

އިންޑިއާގެ ނޫސްތަކުގައި ބުނާ ގޮތުން ފިހާރަތަކުގައި ބަހައްޓާފައި ހުންނަ ފިޔާ ވަގަށް ނެގުން އިންޑިއާގެ ބައެއް ސަރަހައްދުތަކުގައި ވަނީ އާންމުވެފަ އެވެ.

އެހެންނަމަވެސް ސޯޝަލް މީޑިއާއިން މިހާރު އެންމެންގެ ލޯތައް ދަމައިގެންފައި މިވަނީ މުމްބާއީގެ ފިހާރައެއްގެ ބޭރުގައި ހުރި ފިޔާ ބަސްތާ އަކަށެވެ.

އެތަނުގެ ބޭރުގައި ފިޔާ ބަސްތާ ބަހައްޓާފައި ހުންނަތާ އެތައް އިރެއްވީ އިރުވެސް އޭގައި އަތްލާނެ މީހަކު ވެސް ނުވި ކަމަށްވެ އެވެ. އެހެންވެ މުމްބާއީ ވެފައި މިވަނީ އެގޮތަށް ފިޔާ ބެހެއްޓުމަށް އެންމެ ރައްކާތެރި ސަރަހައްދުގެ ގޮތުގަ އެވެ.

އިންޑިއާގެ ބާޒާރުގައި ފިޔާ އަގު ބޮޑުވުމުން ރާއްޖޭގައި ވެސް މިވަނީ ފިޔާގެ އަގު ބޮޑުވެފަ އެވެ. އިންޑިއާ އަކީ ރާއްޖެއަށް އެންމެ ގިނަ ފިޔާ އެތެރެކުރާ އެއް ގައުމެވެ.

މިހާރު ފިޔާ ކިލޯއެއްގެ އަގު 70 ރުފިޔާއަށް ވުރެ މަތީގައި އުޅޭއިރު ފިޔާ ބަސްތާއެއްގެ އަގު އުޅެނީ 1000 ރުފިޔާ އާއި 1500 ރުފިޔާއާ ދެމެދުގަ އެވެ.

މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ވެސް ވަނީ ފިޔާގެ ދަތިކަން ކުރިމަތިވެފަ އެވެ. އެފަހަރު ފިޔާ ބަސްތާއެއްގެ އަގު 1200 ރުފިޔާ އަށް ވެސް އެރި އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް