ލަލީގާގެ އެއްވަނަ މަގާމުގައި ތިން ޕޮއިންޓްގެ ފަރަގަކާއި އެކު ބާސެލޯނާ އޮތީ ރޭގެ މެޗުން ހޯދި ޕޮއިންޓާ އެކު ޖުމްލަ ފަސްދޮޅަސް ފަސް ޕޮއިންޓާ އެކުއެވެ. ދެވަނައިގަ ރެއާލް މެޑްރިޑް އޮތީ އޮނަތިރީސް މެޗުން ފަސްދޮޅަސް ދެ ޕޮއިންޓާ އެކުއެވެ. އެހެންކަމުން މާދަމާ ރޭ ރެއާލް ސޮސިއެޑާޑާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެއްޖެ ނަމަ ރެއާލް މެޑްރިޑަށް އެއްވަނަ މަގާމަށް އެރޭނެއެވެ. ބާސާއާ ރެއާލްގެ މެޗުތަކުގެ ހެޑް ޓު ހެޑަށް ބަލާއިރު ކުރި ލިބެނީ ރެއާލް މެޑްރިޑަށެވެ.
ލީގުގައި ބާސެލޯނާއަށް ބާކީ ކުޅެން ހުރި މެޗުތަކުގެ ތެރޭގައި އެތްލެޓިކޯއާ ދެކޮޅަށް ކުޅޭ މެޗާއި ސެލްޓަވީގޯ މެޗުވެސް އެބައޮތެވެ. އަނެއްކޮޅުން ރެއާލްއަށް ބާކީ ކުޅެން ޖެހޭ މެޗުތަކުގެ ތެރޭގައި ވިލަރެއާލްއާ އެސްޕަނިޔޯލްގެ މެޗުވެސް އެބައޮތެވެ. ކޮންމެ ޓީމަކަށްވެސް އަދި ބާކީ އަށް ވަރަކަށް މެޗު އޮތުމާއި އެކު އަދި ޓޭބަލްގައި ދާދި އެއް ހަމައެއްގައި އޮތުމުން ލީގުގެ ފޯރި ގަދައެވެ.