ads
ސޮނާކްޝީ ސިންހާ--
"ނެޕޮޓިޒަމް" ގެ ޒުވާބު ހޫނުވެ ސޮނާކްޝީ ޓްވިޓާ އެކައުންޓް ޑީއެކްޓިވޭޓްކޮށްފި
ބޮލީވުޑުގެ ޑައިރެކްޓަރު ޝަޝަންކް ކައިތަން މިވަނީ އޭނާގެ ޓްވިޓާ އެކައުންޓް ޑިއެކްޓިވޭޓްކޮށްފަ އެވެ. ފާޑުކިޔުންތަކާއެކު ބަތަލާ ސޯނަމް ކަޕޫރު ވެސް އޭނާގެ އިންސްޓަގްރާމު އެކައުންޓު މެދުވެރިކޮށް ޕޯސްޓްކުރާ ފޮޓޯތަކަށް ކޮމެންޓް ނުކުރެވޭ ގޮތަށް ހަދާފައިވާ މިދަނޑިވަޅުގައި ބަތަލާ ސޮނާކްޝީ ސިންހާ ވެސް މިވަނީ ވަރުގަދަ ފިޔަވަޅެއް އަޅާފަ އެވެ. އޭނާ ވެސް މިވަނީ ޓްވިޓާ އެކައުންޓް މިވަގުތަށް ޑީއެކްޓިވޭޓްކޮށްލާފަ އެވެ.

އެގޮތުން އެކައުންޓް ޑީއެކްޓިވޭޓްކުރުމުގެ ކުރިން އޭނާ ވަނީ އެއީ "ނެގެޓިވިޓީ" އާ ދުރަށް ޖެހިލަން އެޅި ފިޔަވަޅެއް ކަމަށް ބުނެފަ އެވެ. ޓްވިޓާ އެކައުންޓް ޑީއެކްޓިވޭޓްކޮށްފައިވާ ކަމަށް ބުނެ އިންސްޓަގްރާމު މެދުވެރިކޮށް ސޮނާކްޝީ ވަނީ މީހުންނަށް އިތުރަށް ބަހުސްކުރަން ބޭނުންނުވާ ކަމަށް ބުނެފަ އެވެ. 

މި ބަހުސެއް ހޫނުވެފައި މިވަނީ މިމަހުގެ 14 ވަނަ ދުވަހު އެކްޓަރު ސުޝާންތު ސިންގް ރާޖުޕުތުގެ މަރާއެކު އެވެ. އެގޮތުން އޭނާގެ ސަޕޯޓަރުން ބުނަނީ ސުޝާންތަށް މާޔޫސްކަން ގެނުވީ ބޮލީވުޑުގައި ކުރާ މަސައްކަތް ބަލައި ނުގަންނާތީ ކަމަށެވެ. އަދި އެތަނުގައި ފުރުސަތު އޮންނަނީ ވެސް ހަމައެކަނި ބޮލީވުޑު މީހުންގެ ދަރިންނަށް ކަމަށް ބުނެ ވަރަށް ބޮޑަށް ދަނީ ފިލްމު އުފެއްދުންތެރިންނަށް ވެސް ފާޑުކިޔަމުންނެވެ. 

އާންމުން ދަނީ ނެޕޮޓިޒަމްއަށް ކިރިޔާ ވެސް ހިތްވަރުދީ ވާހަކަ ދައްކަމުން އަންނަ ތަރިންނާއި ދެކޮޅަށް ތެދުވެ ބޮޑެތި ކެމްޕެއިންތައް ޖައްސަމުންނެވެ. 

ސޮނާކްޝީއަށް ވެސް އެ ގޮތަށް ފާޑުކިޔުންތައް އަމާޒުކުރި ވަރުން ކެތް ނުކުރެވިގެން ޓްވިޓާ އެކައުންޓް ޑީއެކްޓިވޭޓް ކުރިއިރު އޭނާގެ ބައްޕައަކީ ވެސް އެކްޓަރެކެވެ. ސޮނާކްޝީ ބޮލީވުޑަށް ނެރެދިނީ ސަލްމާން ހާނެވެ. 

ސޮނާކްޝީ ވަނީ ދަބަންގާއި ކަލަންކް އަދި ފޯސް2 ފަދަ ފިލްމުތަކުން ފެނިގެންގޮސްފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް