ads
close
ރައްޔިތުންގެ ސީދާ ބާރުވެރިކަމަށް
ދައުލަތުގެ އޮނިގަނޑު ފުރޮޅާލުން
edheyraajje.mv #beynenmabeynun #edheyraajje
ކައިވެނި ދެމިއޮންނަން ބޭނުންނަމަ ގޭތެރޭގެ މަސައްކަތްތައް ބަހާލައިގެން ކުރޭ
ދިރާސާ އަކުން ދައްކާ ގޮތުން ގޭތެރޭގެ މަސައްކަތުގައި ފިރިމީހާ އެހީ ވާނަމަ އެ ކައިވެނި ނުރޫޅި ގިނަ ދުވަހަށް ދެމި އޮތެ އެވެ.
Advertisement

ވަރީގެ ނިސްބަތް އެހާ މައްޗަށް އަރާފައި ވަނީ ކީއްވެތޯ ބެލުމަށްޓަކައި މިސޫރީ ޔުނިވާސީޓީގެ ޕްރޮފެސަރަކު ކުރިއަށް ގެންދިޔަ ދިރާސާއިން ދައްކާ ގޮތުން ކައިވެނި ކޮށްގެން އުޅޭ ދެމަފިރިންގެ ތެރެއިން 40 އިންސައްތަ އަންހެނުން ވެސް އުޅެނީ ފުލްޓައިމް ވަޒީފާގަ އެވެ. 

އެދިރާސާއިން ދައްކާގޮތުން ދަރިންގެ ކަންކަމުގައި ފިރިމީހާ އެހީވެދޭ ނަމަ ނުވަތަ ދަރީގެ ކަންކަމުގައި ފިރިމީހާ އުޅޭނަމަ އެ ދެމަފިރިންގެ ގުޅުން އިތުރަށް ވަރުގަދަވެ ލޯބި އިތުރުވެ އެވެ. ދިރާސާގައި ބައިވެރިވި ގިނަ އަންހެނުން ބުނާ ގޮތުން ދަރިން ދެކެ ލޯބިވާ ފިރިންނާމެދު އޮންނަ ލޯބި އިތުރުވެ އެވެ. 

ހަމަ އެއާއި އެކު ގޭތެރެ ސާފު ކުރުމާއި ކެއްކުން ފަދަ ކަންތައްތައް ދެ މީހުންނަށް ބަހާލައިގެން ކުރުމުން ދެމީހުންގެ މެދުގައި ޖެހޭ މައްސަލަތައް ކުޑަ ކޮށްދީ އެކަކު އަނެކަކުދެކެ ރުޅިއައުން މަދުކޮށްދޭ ކަމަށް ދިރާސާއިން ދައްކަ އެވެ. އަދި މިފަދަ އަރާރުންތައް މަދުވުމުން ދިރިއުޅުމުގައި ދެ މަފިރިންވެސް އުޅެނީ ހިތްހަމަޖެހިގެން ކަމަށް ދިރާސާއިން ދައްކަ އެވެ. 

ގޭތެރޭގެ މަސައްކަތްތަކާއި ދަރިންގެ ކަންތައްތައް ބަހާލައިގެން ނުވަތަ ދެމަފިރިން އެކުގައި ކުރާ އިރު، ކޮންމެހެން ދެ މީހުން އެއްވަރަކަށް ކަންތައްތައް ކުރުން މުހިންމު ނޫންކަމަށް ދިރާސާ ކުރިއަށް ގެންދިޔަ ޕްރޮފެސަރު ބުނެއެވެ. އަދި މީގައި ދެމީހުން އެއްވަރަކަށް ގޭތެރޭގެ މަސައްކަތް ކުރުމަށް ވުރެ މުހިންމީ 'ޑިވިޝަން އޮފް ލޭބާ' ކަމަށް ޕްރޮފެސަރު ވަނީ ބުނެފަ އެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް