ads
ފޮޓޯ:އެމްޓީސީސީ
ރަކީދޫ ބަނދަރުގެެ މަސައްކަތް ފަށަން ތައްޔާރުވެއްޖެ
ވ ރަކީދޫ ބަނދަރުގެެ މަސައްކަތް ފަށަން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ތައްޔާރުވެއްޖެ އެވެ.

ރަކީދޫ ބަނދަރުގެ މަސައްކަތް ފެށުމަށް ޖޫން 19 ވަނަ ދުވަހު އެރަށަށް އެ މަސައްކަތަށް ބޭނުންވާ ސާމާނާއި ޓީމް ގޮސްފައިވާކަމަށް އެމްޓީސީސީ އިން ބުނެއެވެ.

އެމްޓީސީސީ އިން ބުނީ މި ޕްރޮޖެކްޓުގެ ދަށުން ރަކީދޫގެ ފަޅުން 5،645 ކިޔުބިކް މީޓަރުގެ ސަރަހައްދު ފުންކުރާނެ ކަމަށެވެ. އެރަށުގައި 156 މީޓަރުގެ ބްރޭކް ވޯޓާއެއް ގާއިމްކޮށް 74 މީޓަރުގެ ރިވެޓްމެންޓު ޖަހައި 164 މީޓަރުގެ ކުއޭ ވޯލް އާއި 429 އަކަމީޓަރުގެ ސަރަހައްދެއްގައި ޕޭވްމެންޓު ގާއިމް ކުރުމަށް މި ޕްރޮޖެކްޓުގައި ހިމެނޭކަމަށް އެކުންފުނިން ބުނެއެވެ. 

ރަކީދޫ ބަނދަރު ހެދުމަށް އެންވައިރަމެންޓް ޕްރޮޓެކްޝަން އެޖެންސީގެ ހުއްދަ ލިބިފައި ވަނީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގައި ކަމަށް އެމްޓީސީސީ އިން ބުނެ އެވެ. 

އެމްޓީސީސީ އިން ބުނީ 2019 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 19 ވަނަ ދުވަހު އެ ކުންފުންޏާ ހަވާލުކުރެވުނު މި ޕްރޮޖެކްޓަށް 18.5 މިލިއަން ރުފިޔާ ހޭދަވާނެ ކަމަށެވެ. މި މަސައްކަތް މިއަހަރުގެ އޮކްޓޯބަރު މަހުގެ ފަސް ވަނަ ދުވަހަށް ނިންމުމަށް މަސައްކަތް ކުރާނެ ކަމަށްވެސް އެ ކުންފުނިން މައުލޫމާތު ދެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް