ads
ވީއައިއޭ--
ހުޅުވާލާއިރު އިންޓަނޭޝަނަލް 10 އެއާލައިނަކުން އެއާޕޯޓުގައި ޖައްސަން އެދިފައިވޭ: އެމްއޭސީއެލް
ރާއްޖޭގެ ބޯޑަރު ހުޅުވާލުމާއެކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ޖާގަ ހޯދުމަށް ބައިނަލްއަގްވާމީ 10 އެއާލައިނަކުން އެދިފައިވާ ކަމަށް މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ (އެމްއޭސީއެލް) އިން ބުނެފި އެވެ.

މިއަދު މެންދުރުފަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒް ކޮމިޓީގައި ވެލާނާ އެއާޕޯޓު ހިންގާ ކުންފުނީގެ ޓާމިނަލް މެނޭޖަރު އިބްރާހިމް ހުސައިން ވިދާޅުވީ ރާއްޖެއަށް އައުމަށް މިހާތަނަށް 10 އެއާލައިނަކުން އެދިފައިވާއިރު އޭގެ ތެރޭފައި ސްރީލަންކަން އާއި އެމިރޭޓްސް އަދި އިންޑިގޯ އާއި ގަތަރު އެއާލައިންސް ފަދަ އެއާލައިންތަކަކުން ކަމަށެވެ. 

އޭގެ އިތުރުން ޑޮމެސްޓިކް ވެސް ދުވާލަކު، 15-20 ފްލައިޓް ޖައްސާނެ ކަމަށް ބެލެވޭ ކަމަށް ވިދާޅުވި އެވެ. 

"ނިއުނޯމަލްއަށް ފެށިގެންދާއިރު އަޅުގަނޑުމެން މި ބަލަނީ ގާތްގަނޑަކަށް ޕީކުގެ ކުރިން އަޅުގަނޑުމެން ހޭންޑްލް ކުރި ރޭޓުގެ ތްރީޓައިމްސް ލޯވާ ރޭޓެއްގައި ފަށަން ޖެހިދާނެ ކަމަށް،" އިބްރާހިމް ހުސައިން ވިދާޅުވެ އެވެ. 

އޭގެ އިތުރުން ކޮމިޓީގައި އެމްއޭސީއެލްގެ އެކްޓިން މެނޭޖިން ޑިރެކްޓަރު މޫސާ ސޯލިހު ވިދާޅުވީ ހާލަތަށް އަންނަ ބަދަލުތަކާއެކު އެއާޕޯޓުގައި ޖައްސައި ބައިނަލްއަގްވާމީ އެއާލައިންތަކުގެ އަދަދު އިތުރު ނުވަތަ މަދު ވެސް ވެދާނެ ކަމަށެވެ. 

ސޯލިހު ވިދާޅުވީ އެއާޕޯޓް ހުޅުވާލާއިރު ރާއްޖެއަށް އަންނާނެ ފަތުރުވެރިންގެ އަދަދުވެސް ބުނަން ސީދާ ނޭނގޭ ކަމަށެވެ، އެގޮތުން ޖުލައި 15 ގައި ބޯޑަރު ހުޅުވާނެ ކަމަށް ބަލައިގެން ތިބިއިރު އޮގަސްޓު މަހަށް ފަސްވުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށް ވެސް ވިދާޅުވި އެވެ. 

"އަޅުގަނޑުމެން ކެޕޭސިޓީ ހަދައިގެން ތިބޭނީ. އަޅުގަނޑުމެން މިހާރު ބެލި ބެލުމަށް އެވްރީ ޓްވެންޓީ މިނެޓަކުން ފުލް އެއާކްރާފްޓެއް އަޅުގަނޑުމެން ހޭންޑްލް ކުރާނަން. އެ ފުލް ކެޕޭސިޓީގަ. މިކޮޅުން ތައްޔާރަށް ތިބޭނީ،" ސޯލިހު ވިދާޅުވެ އެވެ. 

ސޯލިހު އިތުރަށް ވިދާޅުވީ ރައްކާތެރިިކަމުގެ ފިޔަވަޅުތަކާއެކު ހުޅުވާލުމަށް މިހާރު ވެސް އެމްއޭސީއެލުން އޮތީ ތައްޔާރަށް ކަމަށެވެ. 

ނިއު ނޯމަލްގައި އެއާޕޯޓު ހުޅުވާއިރު ހަތަރު ގަޑިއިރުކުރިން އެއާޕޯޓަށް ދާން ޖެހޭއިރު އެއާޕޯޓް އިމަޖެންސީ ސާވިސްގެ ޑެޕިއުޓީ ޗީފް އޮފިސަރު، އަހުމަދު ފަޔާޒު ކޮމިޓީގައި ވިދާޅުވީ އެއާޕޯޓް ހުޅުވާއިރު އިމަޖަންސީ ހާލަތެއް ދިމާވެދާނެ ކަމަށް ބަލައި އެކަމަށް ވެސް އޮތީ ތައްޔާރަށް ކަމަށެވެ. 

އަދި ވިދާޅުވީ ޓާމިނަލްގައި ސޯޝަލް ޑިސްޓެންސިން މާކުތައް ވެސް ހަދާފައިވާއިރު އެއާޕޯޓުގެ އަށް ސަރަހައްދެއްގައި ތާމަލް ކެމެރާތައް ވެސް ބަހައްޓާފައިވާ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް