ބާސާއާ ސެވިއްޔާ އެއްމެ ފަހުން ކުޅުނު މެޗު އެއްވަރުވެފައިވާތީ، ރޭގެ މެޗަށް ނުކުތްއިރުވެސް މޮޅުވެގެން ޓޭބަލްގެ ކުރި ހޯދުމުގެ ފުރުސަތު ރިއާލްއަށް އޮތީ ލިބިފައެވެ. އަދި އެ ފުރުސަތުގެ ބޭނުން ހިފައިން ރެއާލްއިން ރޭ ވަނީ ޓޭބަލްގެ އެއްވަނަ މަގާމު ހޯދާފައެވެ. ރަށުން ބޭރުގައި ރިއާލްއަށް ލަނޑުތައް ކާމިޔާބުކޮށްދިނީ ލިބުނު ޕެނަލްޓީއަކުން ސާޖިއޯ ރާމޯސް އަދި ކަރިމް ބެންޒެމާއެވެ.
ރޭގެ މި ނަތީޖާއާއި އެކު ރެއާލް އެއްވަނައިގަ އޮތީ ފަސްދޮޅަސް ފަސްޕޮއިންޓާ އެކު އެހެންނަމަވެސް ހެޑް ޓު ހެޑުން ކުރި ލިބިގެންނެވެ. ބާސާއިންވެސް ހަމަ މި އަދަދަށް ޕޮއިންޓް ހޯދާފައިވަނީ ހަމަ ތިރީސް މެޗުންނެވެ.