ads
ހައިކޯޓުގެ އިސްފަނޑިޔާރު ޝުޖާޢު އުސްމާން
އިސްފަނޑިޔާރު ޝުޖާޢުގެ މައްސަލައެއް އަނެއްކާވެސް ޖޭއެސްސީއަށް
ހައިކޯޓުގެ އިސްފަނޑިޔާރު ޝުޖާޢު އުސްމާނުގެ މައްސަލައެއް އަނެއްކާވެސް ޖޭއެސްސީއަށް ހުށަހަޅައިފިއެވެ.
Advertisement

އަމިއްލަ ފަރާތަކުން އާދިއްތަ ދުވަހު ޖޭއެސްސީއަށް ހުށަހެޅި މައްސަލައަކީ ހުސްވި ހަފުތާތެރޭ ހައިކޯޓުގައި، ޤާނޫނު އަސާސީއާ ޤާނޫނުތަކާއި ޚިލާފަށް އަވަސް އަރުވާލައިގެން ޝަރީޢަތެއް ކުރި މައްސަލައެވެ. މި މައްސަލަ ޖުޑީޝަލް ސަރވިސަސް ކޮމިޝަނުން ބަލަން ނިންމިކަމެއް ނުވަތަ ނޫން ކަމެއް އަދި އެ ކޮމިޝަނުން ހާމަކޮށްފައެއް ނުވެއެވެ. 

އަމިއްލަ ފަރާތަކުން ހުށަހަޅި މި މައްސަލައަކީ، އިސްމާއީލް ސުޖާއު އަށް ތިން މިލިއަން ޑޮލަރު ދޭން ސަންލޭންޑް ހިލްމީގެ މައްޗަށް ހުކުމް ކުރި މައްސަލައެވެ. މި މައްސަލަ ހުށަހެޅި ފަރާތުން ބުނެފައިވާ ގޮތުގައި، ހައިކޯޓުގައި ނުނިމި ހުރެ އެތައް ދުވަހެއްވެފައިވާ މައްސަލަތައް ހުއްޓާ، މި މައްސަލަ އަވަށް އަރުވާލައިގެން ނިންމުމަކީ ވަކި މީހަކަށް މަންފާއެއް ހޯދައިދިނުމުގެ ގޮތުން ކުރި ކަމެކެވެ. އަދި މި މައްސަލަ ކުރިއަށް ގެންގޮސްފައިވަނީ ގާނޫނުތަކާއި ގަވާއިދުތަކާއި ހައިކޯޓުގެ އުސޫލުތަކާއި ހިލާފަށް ކަމަވެސް އެ ފަރާތުން ތުހުމަތުކޮށްފައިވެއެވެ.

ޤާނޫނު އަސާސީގެ 42 ވަނަ މާއްދާގެ (ށ) ގައި ބުނެފައިވަނީ ދިވެހިރާއްޖޭގައި ހިންގާ އެންމެހާ ޝަރީޢަތްތައް ހިންގަންވާނީ އަދުލުވެރިކަމާއި އެކު ވަކި ފަރާތަކަށް ނުޖެހި ހާމަކަމާއި އެކުގައި ކަމަށެވެ. އަދި އެ މާއްދާގެ (ނ) އާއްމުކޮށް ހުޅުވާނުލައި ކުރިއަށް ގެންދެވޭނެ ތިން ބާވަތެއްގެ މައްސަލަތައް ވަރަށް ސާފުކޮށް ބަޔާންކޮށްދީފައިވީ ނަމަވެސް، މި ދެންނެވި މައްސަލަ ހައިކޯޓުގައި ކުރިއަށް ގެންގޮސްފައިވަނީ ސިއްރު ޝަރީއަތެއްގެ ގޮތުގައެވެ.

ހައިކޯޓުގެ އިސްފަނޑިޔާރު ޝުޖާޢު އުސްމާނުގެ މައްސަލައެއް އަމިއްލަ ފަރާތަކުން ޖޭއެސްސީއަށް ހުށަހެޅި އިރު، ހުސްވި އަހަރުގެ ޖޫން މަހުގެ ސައުވީސް ވަނަ ދުވަހުން ފެށިގެން ހައިކޯޓުގެ އިސްފަނޑިޔާރުގެ އެކިއެކި މައްސަލަތައް ޖޭއެސްސީން އަންނަނީ ބަލަމުންނެވެ. ޝުޖާޢުގެ ހަތަރު ފަސް މައްސަލައެއް ޖޭއެސްސީގައި އޮންނަތާ އަހަރެއްހާ ދުވަސްވީއިރުވެސް އޭނގެތެރެއިން އެއްވެސް މައްސަލައެއްގައި މިހާތަނަށް ޝުޖާޢުއާ މެދު އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވެއެވެ.

ޖޭއެސްސީން ބަލަމުންދާ ޝުޖާޢު އުސްމާނުގެ މައްސަލަތަކުގެ ތެރޭގައި ހައިކޯޓަށް ހުށަހެޅުނު މަރުގެ މައްސަލައެއް ދެ ބެންޗަކުން ބަލަމުން ދިޔަ މައްސަލައާއި، ސިޔާސީ ހަރަކާތްތަކުގައި ޝުޖާޢު އުސްމާނު ބައިވެރިވި މައްސަލައެއްވެސް ހިމެނެއެވެ. މީގެ އިތުރުން ޖިންސީ ފުރައްސާރައިގެ މައްސަލައެއްވެސް ޝުޖާޢު އުސްމާނާ ދެކޮޅަށް ޖޭއެސްސީއަށް ހުށަހެޅުނު ކަމަށް މީޑިއާގައި މީގެ ކުރިން ރިޕޯޓްކޮށްފައިވެއެވެ. މިއިން އެއްވެސް މައްސަލައެއްގައި މިހާތަނަށް އައި އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް