ads
މީޑިއާ ފެންޑާ ރައީސުލްޖުމްހޫރިއްޔާ ހުޅުވައިދެއްވުން
"މީީޑިއާ ކޮންޓްރޯލް ބިލު" ބޭރުކުރަން ސީޕީޖޭއިން ރައީސަށް ގޮވާލައިފި
މީޑިއާތަކުގެ ކޮންޓްރޯލް ސަރުކާރަށް ލިބޭ ގޮތަށް މިހާރު މަޖިލީހަށް ހުށަހަޅާފައިވާ ބިލާ ގުޅޭ ގޮތުން ކަންބޮޑުވުން ފާޅުކޮށް، އެ ބިލް ކުރިއަށް ގެންދަން ފުރުސަތު ނުދިނުމަށް، ކޮމިޓީ ޓު ޕްރޮޓެކްޓް ޖާނަލިސްޓްސް (ސީޕީޖޭ) އިން ރައީސް ޑރ. މުހައްމަދު މުއިއްޒަށް މިއަދު ގޮވާލައިފި އެވެ.
Advertisement

މިރޭ ނެރުނު ބަޔާނެއްގައި ސީޕީޖޭ އިން އޭޝިއާ-ޕެސިފިކް ސަރަހައްދަށް ކަނޑައަޅާފައި ހުންނަވާ ރީޖަނަލް ޑިރެކްޓަރު ބެހް ލީޔީ ވަނީ މިނިވަން މީޑިއާއެއް ގާއިމުކުރާނެ ކަމަށް މުއިއްޒު ވެވަޑައިގެންނެވި ވައުދު ނެގެހެއްޓުމަށް ގޮވާލާފަ އެވެ.

"ރައީސުލްޖުމްހުރިއްޔާ އައްޔަންކުރާ މެންބަރުންތަކެއް ހިމެނޭ އައު ކޮމިޝަނެއް ގާއިމުކޮށް، އެ ކޮމިޝަނަށް ފެންނަ ގޮތަކަށް މީޑިއާތަކާއި ނޫސްވެރިން ޖޫރިމަނާކޮށް، މީޑިއާތައް އުވާލުމުގެ ބާރު ދިނުމަކީ ރާއްޖޭގެ މިނިވަން ނޫސްވެރިކަން ނައްތާލުން. އަދި ރާއްޖޭގެ ނާޒުކު ޑިމޮކްރެސީއަށް ގެއްލުން ދިނުން،" އޭނާ ވިދާޅުވެފައިވެ އެވެ.

ތުޅާދޫ ދާއިރާގެ އަމިއްލަ މެމްބަރު އަބްދުލްހަންނާން އަބޫބަކުރު މަޖިލީހަށް ހުށަހެޅުއްވި އެ ބިލުގައި ވަނީ އެމްއެމްސީ އާއި ބްރޯޑްކާސްޓިން ކޮމިޝަނުގެ ޒިންމާތައް އެއްކޮށްލައި، މީޑިއާ ކޮމިޝަނާ ހަވާލުކުރާ ގޮތަށެވެ.

ބިލްގައިވާ ގޮތުން އެއްލައްކަ ރުފިޔާއާ ހަމައަށް ނޫހެއް ޖޫރިމަނާކުރުމުގެ ބާރު އަލަށް އުފައްދާ ކޮމިޝަނަށް ލިބެ އެވެ. އަދި ނޫހެއްގެ މައްސަލައެއް ބަލަމުން ދަނިކޮށް އެ ނޫހެއްގެ ރަޖިސްޓަރީ ވަގުތީ ގޮތުން ހިފެހެއްޓުމާއި ކޯޓަށް ގޮސްގެން ރަޖިސްޓަރީ ބާތިލްކުރުމުގެ ބާރުވެސް ކޮމިޝަނަށް ދީފައިވެ އެވެ. އަދި ނިއުސް ވެބްސައިޓެއް ބްލޮކް ކުރުމާއި ޓީވީގެ ބްރޯޑްކާސްޓް ހުއްޓުވަން އެންގުމުގެ ބާރުވެސް ކޮމިޝަނަށް ދީފައިވެ އެވެ.

ބިލްގައިވާ ގޮތުން އަލަށް އުފައްދާ ކޮމިޝަނަށް ބެލޭނީ ބިލް ތަސްދީގު ކުރާ ދުވަހުގެ ކުރިއަށް އެއް އަހަރަށް ވުރެ ގިނަ ދުވަސް ނުވާ މައްސަލަތަކާއި ތަސްދީގު ކުރާ ފަހުން ހުށަހަޅާ މައްސަލަތަކެވެ. އާ ކޮމިޝަނަށް މެންބަރުން އައްޔަންކުރެވެންދެން ވަގުތީ ގޮތުން ކޮމިޝަން ހިންގާނީ ސިވިލް ސާވިސް ކޮމިޝަނުން ކަނޑައަޅާ ފަސް މެންބަރުންގެ ކޮމިޓީއަކުންނެވެ.

ނޫސްވެރިންނަށް ލިބިފައިވާ ގިނަ ބާރުތަކެއް ހިފަހައްޓާފައިވާ މި ބިލާ ގުޅިގެން މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށް، އެ ބިލު އަނބުރާ ގެންދިއުމަށް ގޮވާލައިފަ އެވެ. އެކަމަކު، ސަރުކާރުން ބިލަށް ތާއީދުކޮށްފައިވާއިރު، ސަރުކާރުގެ މެޖޯރިޓީ އޮތް މަޖިލީހުގެ ގިނަ މެންބަރުން ވަނީ ބިލަށް ތާއީދުކުރައްވާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް