ads
މުހައްމަދު ޝިޔާޒު މޯހަން - ފޮޓޯ: އެފްއޭއެމް
ގައުމީ ފުޓްބޯޅަ ޓީމުގެ ހެޑް ކޯޗަކަށް، މޯހަން ހަމަ ޖައްސައިފި
ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗަކަށް، ކުރިން ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗުކަން ކުރި، ޕްރޯ ލައިސަންސް ކޯޗު، މުހައްމަދު ޝިޔާޒް (މޯހަން) ހަަމަޖައްސައިފި އެވެ.
Advertisement

ގައުމީ ޓީމުގެ ކޯޗަކަށް މޯހަން ހަމަ ޖެއްސީ އެފްއޭއެމްގެ އެކްސްކޯއިން މިއަދު ބޭއްވި ބައްދަލުވުމުގަ އެވެ. 

މޯހަން ހަމަ ޖެއްސީ ކުރިއަށް އޮތް ދެ މެޗަށެެވެ. އެއީ އަންނަ މަހު ލަންކާގައި އެ ގައުމާ ދެކޮޅަށް ކުޅޭ އެކުވެރިކަމުގެ ދެ މެޗެވެ. 

އެންމެ ފަހުން ގައުމީ ކޯޗަކަށް ހުރީ އަލީ ސުޒެއިން އެވެ. ސުޒޭން މިހާރު ހުންނަނީ އެފްއޭއެމްގެ ޑައިމަންޑް ޖުބިލީ ކޮމިޓީގެ ޗެއާޕާސަންގެ މަގާމުގައެވެ. 

އޭއެފްސީ ޕްރޯ ލައިސެންސް ހާސިލުކޮށްފައިވާ މޯހަން، އެންމެ ފަހުން މަސައްކަތް ކުރީ ކްލަބް އީގަލްސްގަ އެވެ.

ސާފް ޗެމްޕިއަންޝިޕް 2008 ގެ މުބާރާތް ރާއްޖޭން ކާމިޔާބު ކުރި އިރު ޓީމުގެ އެސިސްޓެންޓް ކޯޗުގެ ގޮތުގައި މަސައްކަތް ކުރި އެއް ކޯޗަކީ މޯހަން އެވެ.

މިއަދުގެ އެކްސްކޯގެ ބައްދަލުވުމުގައި 17 އަހަރުން ދަށުގެ ގައުމީ ޓީމުގެ ކޯޗަކަށް ކުރީގެ ގައުމީ ޓީމުގެ ދިފާއީ ކުޅުންތެރިޔާ އަދި ފަހުން ކޯޗެއްގެ ގޮތުން މަސައްކަތްކުރަމުން އަންނަ މުހައްމަދު ސޮބާހު ވެސް ހަމަޖެއްސި އެވެ

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް